އައްޑު އަތޮޅު ގަމުން ފެށިގެން 600 ކިލޯ މީޓަރުގެ ދުރަށް މިއަދު ހަވީރު އައި ބިންހެލުމުން ރާއްޖެއަށް އަސަރެއް ނުކުރާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އޮފީހުން ބުނެފިއެވެ.
ބިންހެލުން އައިސްފައިވަނީ ރިކްޓަރ މިންގަނޑުން 5.2 ގެ ބާރުމިނުގައެވެ.
ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން މިއަދު ހަވީރު 3:53 އެހައިކަންހާރު އިރުއެވެ. ބިން ހެލުން އައިސްފައިވަނީ ސުނާމީ އުފެދޭ ސަރަހައްދަކަށް ނޫނެވެ. އެހެން ކަމުން ބިންހެލުމަކުން ރާއްޖެއަށް ބިރެއް ނެތެވެ.
މި ބިންހެލުމުގެ އަސަރެއް އެއްވެސް ރަށަކަށް ކޮށްފައިވާ ކަމަށް އެއްވެސް ރަށަކުން މޫސުމާ ބެހޭ އިދާރާއަށް އަދި ރިޕޯޓު ކޮށްފައެއް ނުވެއެވެ. ބިން ހެލުން އައިސްފައިވަނީ ކަނޑުގެ 13 ކިލޯ މީޓަރު އަޑިއަށެވެ.