އެސްޓީއޯ (ނަންބަރު: 2016/106 އޭއެމްޑީ 60)
އެސްޓީއޯ ފިއުލް ޑިސްޓްރިބިޔުޝަން ސެންޓަރ އަށް ތިރީގައި މިދަންނަވާ މަޤާމަށް ދުވަހު މުސާރައަށް މަަސައްކަތް ކުރުމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވައިލަމެެވެ.
މަޤާމު: ލޭބަރަރ
އަދަދު: 10
މުސާރަ: -/300ރ (މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް)
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ފިއުލް ޑިސްޓްރިބިއުޝަން ސެންޓަރ
ކުރަންޖެހޭ މައިގަނޑު މަސައްކަތް:
* ކޮންކްރީޓް މަސައްކަތްތައްކުރުން.
* މަސައްކަތްކުރާ ސަރަހައްދު ސާފުކުރުން.
* ސުޕަވައިޒަރ އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.
ޝަރުތު:
* ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެމީހަކު ކަމުގައިވުން
ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 އޭޕްރިލް 27 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.
ނޯޓު:
އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓު ލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
މިމަޤާމަށް ހޮވޭނީމަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑުރެސް:
• ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑު އޮފީސް
• ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
• ފޯން:3334433، 3344261 ފެކުސް: 3344341 ވެބްސައިޓު: www.sto.mv
18 އޭޕްރިލް 2016