އެސްޓީއޯ ( ނަންބަރު: 2016‍‍‍‍‍‍/108 އޭއެމްޑީ 60)

ކިޔުމަށް ހޭދަވާނީ 1މ 40ސ
އެސްޓީއޯ  ( ނަންބަރު:   2016‍‍‍‍‍‍/108 އޭއެމްޑީ 60)
މަޤާމު: އެސިސްޓަންޓް ސޭލްސް ރެޕްރެޒެންޓޭޓިވް / ގރ. 1 ނަންބަރު: 2016‍‍‍‍‍‍/108 އޭއެމްޑީ 60
އަދަދު: 8
މުސާރަ: -/4350ރ
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (2 މަސް)
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސުޕަރމާޓް

އެހެނިހެން އިނާޔަތްތައް:
• އިތުރު އެލަވަންސްގެގޮތުގައި -/2000ރ – -/2500ރ އާ ދެމެދުގެ އަދަދެއް ލިބޭނެ.
• ހަމަޖެހިފައިވާއުސޫލުންމަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100ރދެވޭނެ.
• އިތުރުގަޑީގައްޔާއި، އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ގާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެ.

މަޤާމުގެ މަސްއޫލިއްޔަތު:
• މުދާ ދޫކުރުމާއި އަދި މުދާ ބަލައިގަތުން
• ކަސްޓަމަރުންނާއި މުއާމަލާތުކުރުމާއި އަދި ކަސްޓަމަރުންނަށް އެހީތެރިވުން
• ކައުންޓަރުގެ މަސައްކަތް ކުރުން

ތަޢުލީމާއި ތަޖުރިބާ:
• ޖީ.ސީ.އީ އޯލެވެލްގެ 1 މާއްދާއިން ފާސްވެފައިވުން
• މިދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް ވަޒީފާ ދިނުމުގައި އިސްކަންދެވޭނެ.



ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 އޭޕްރިލް 26 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑް އޮފީހުގެ ރިސެޕްޝަނުންނާއި އަދި ވެބްސައިޓުން ލިބެންހުންނާނެއެވެ.


ނޯޓް:
އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި މަސައްކަތުގެ ތަޖުރިބާއާއި އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]

11 ރަޖަބު 1437
18 އޭޕްރިލް 2016
މިއަދު އޮންލައިން