އެސްޓީއޯ ( ނަންބަރު: 2016‍‍‍‍‍‍/110 އޭއެމްޑީ 60)

ކިޔުމަށް ހޭދަވާނީ 1މ 44ސ
އެސްޓީއޯ ( ނަންބަރު: 2016‍‍‍‍‍‍/110 އޭއެމްޑީ 60)
ތިރީގައި މިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ސޭލްސް އެސިސްޓަންޓް / ގރ. 1
އަދަދު: 8
މުސާރަ: -/3240ރ
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (2 މަސް)
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސުޕަރމާޓް
އެހެނިހެން އިނާޔަތްތައް:
• އިތުރު އެލަވަންސްގެގޮތުގައި -/2000ރ– -/2500ރ އާ ދެމެދުގެ ޢަދަދެއް ލިބޭނެ.
• ހަމަޖެހިފައިވާއުސޫލުންމަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100ރދެވޭނެ.
• އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ގާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެ.

މަޤާމުގެ މަސްއޫލިއްޔަތު:
• ގުދަނުގައި މުދާ އެތުރުން.
• މުދާ ބަލައިގަތުމާއި އަދި މުދާ ދޫކުރުން.
• މުދަލުގެ ހާލަތު ބެލުމާއި، މުއްދަތު ހަމަވާ ތާރީޚު ބަލައި އަންގަން ޖެހޭ ފަރާތްތަކަށް އެންގުން
• ގުދަންތެރެ ސާފުކޮށް ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ:
• ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިގިރޭސި ބަސް ލިޔަން ކިޔަން އެނގުން.
• މިދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 އޭޕްރިލް 26 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑް އޮފީހުގެ ރިސެޕްޝަނުންނާއި އަދި ވެބްސައިޓުން ލިބެންހުންނާނެއެވެ.

ނޯޓް:
އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާއާއި އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]

11 ރަޖަބް 1437
18 އެޕްރީލް 2016
މިއަދު އޮންލައިން