އެސްޓީއޯ އިޢުލާން ( ނަންބަރު: 2016‍‍‍‍‍‍/125 އޭއެމްޑީ 60)

ކިޔުމަށް ހޭދަވާނީ 4މ 26ސ
އެސްޓީއޯ އިޢުލާން ( ނަންބަރު: 2016‍‍‍‍‍‍/125 އޭއެމްޑީ 60)

2016-2017 ވަނަ އަހަރަށް ޕަބްލިކް ޙިއްޞާދާރުންގެ ފަރާތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް 2 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ. 2016 ފެބްރުއަރީ 14 ގައި ހުޅުވާލެވުނު މިފުރުޞަތު ހަމަވީ 2016 މާރިޗް 07 އަށެވެ. އެގޮތުން މިމަޤާމަށް ނަން ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ކުންފުނީގެ ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން ވަޒަންކުރެއްވުމަށްފަހު، މިމަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައްކަމުގައި ބޯޑަށް ހުށަހެޅުނު ފަރާތްތައް ވަނީ ބޯޑުން ފާސްކުރައްވާފައެވެ. އެގޮތުން ފާސްކުރެވުނު ފަރާތްތަކާއި އެފަރާތްތަކުގެ ނަންތައް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ 1.3 (e) ގެ ދަށުން ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އަންގާ އިޢުލާންކުރަމެވެ.


ކެނޑިޑޭޓް ނަންބަރު 1 – އަލްފާޟިލް މުޙައްމަދު ފަރުޞަތު / ހ.ޓޫހާރޓްސް


ތަޢުލީމީ ފެންވަރު

އަލްފާޟިލް މުޙައްމަދު ފަރުޞަތު މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވަނީ ޓުއަރިޒަމް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި އައިޓީގެ ދާއިރާއިންނެވެ. އެގޮތުން ޙާޞިލްކުރައްވާފައިވާ ސަނަދުތަކަކީ؛

1. އެގްޒެކެޓިވް ޑިޕްލޮމާ އިން ޑައިރެކްޓަރޝިޕް- ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީ، ސިންގަޕޯރ (2014)


2. ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް ސަރޓިފިކޭޓް - އިންްސްޓިޓިއުޓް އޮފް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީސް، ދިވެހިރާއްޖެ (2014)

3. މާސްޓަރސް އިން ޓޫރިޒަމް މެނޭޖްމަންޓު – ޔުނިވަރސިޓީ އޮފް ވެސްޓްމިނިސްޓަރ، ޔޫކޭ (2006)

4. ބީއޭ (އޮނާސް) އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން - ޔުނިވަރސިޓީ އޮފް ނޮދަމްބްރިއާ، ޔޫކޭ (2005)

5. ޑިޕްލޮމާ އޮފް ހަޔަރ އެޑިއުކޭޝަން – މިޑަލްސެކްސް ޔުނިވަރސިޓީ،ޔޫކޭ (2004)

6. ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޮލޮޖީ – ޔުނިވަރސިޓީ އޮފް ވޮލޮންގޮންގ، އޮސްޓްރޭލިޔާ (2001)

މީގެ އިތުރުން އޭނާ ވަނީ ސަރުކާރު އަދި ޕްރައިވެޓް ކުންފުނިތަކުގެ އިސް މަޤާމްތައް ފުރުއްވާ، ޕަބްލިކް ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރކަން އަދި ޑިރެކްޓަރުންގެ ބޯޑުގެ ކޮމިޓީތަކުގެ ޗެއަރމަންކަންވެސް އަދާކުރައްވާފައެވެ.


ތަޖުރިބާ

• މިހާރު ވަޒީފާ އަދާކުރައްވަމުން ދަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމްގައި (އެމްއެމްސީ)

• 2009-2013 ވަނަ އަހަރަށް ސިވިލް ސަރވިސް ކޮމިޝަންގެ ޑިރެކްޓަރކަން އަދި ފައިނޭންޝަލް ކޮންޓްރޯލަރކަން އަދާކުރައްވާފައިވޭ

• 2006-2009 އަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިިވިލް އޭވިއޭޝަންގައި އެސިސްޓަންޓް ޑައިރެކްޓަރގެ މަޤާމް އަދާކުރައްވާފައިވޭ

• 2011-2012 އަށް އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރކަން އަދާކުރެއްވި އަދި 2015 އިން އަދާ ހަމައަށް އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރކަން ދަނީ އަދާކުރައްވަމުން

• 2012 އިން މިއަދާއި ހަމައަށް އެސްޓީއޯގެ ބޯޑު ޑިރެކްޓަރެއް

އެސްޓީއޯގެ އެއްވެސް ވިޔަފާރިއަކާ ތައާރުޒުވާ މެޓީރިއަލް މުޢާމަލާތެއް، ތަނެއް، ވިޔަފާރިއެއް، ޚިދުމަތެއް ނުވަތަ އެފަދަ އެހެންވެސް މަސައްކަތެއް ކުރާނަމަ އެކަން
އެފަދަކަމެއް ނެތް


އެސްޓީއޯގައިވާ ޙިއްޞާގެ ޢަދަދު

50 ޙިއްޞާ

ކެނޑިޑޭޓް ނަންބަރު 2 – އަލްފާޟިލް އިބްރާހިމް ލަތީފް / ހުޅުމާލެ ފްލެޓް ނަމްބަރ C1-GF-A

ތަޢުލީމީ ފެންވަރު

އަލްފާޟިލް އިބްރާހިމް ލަތީފް މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވަނީ މާކެޓިންގ އެންޑް ރިސަރޗްގެ ދާއިރާއިންނެވެ. އެގޮތުން ޙާޞިލްކުރައްވާފައިވާ ސަނަދުތަކަކީ؛

1. ބީއޭ (އޮަނާސް) އިން މާކެޓިން – ޔުނިވަރސިޓީ އޮފް ހަރޓްފޯޑްޝަޔަރ، ޔޫކޭ (2004)

ތަޖުރިބާ

• މިހާރު ވަޒީފާ އަދާކުރައްވަމުން ދަނީ އެމްޓީސީސީގެ ޑޮކިންގ، ރިޕެއަރ އެންޑް މެއިންޓަނެންސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރގެ ގޮތުގައި

• 2014-2010 އަށް އެމްޓީސީސީގެ އެގްޒެކެޓިވް މަޤާމްތައް ފުރުއްވާފައިވޭ

މީގެ އިތުރުން އޭނާ ވަނީ މެނޭޖްމަންޓް އަދި މާކެޓިންގގެ އިސް ވަޒީފާތަކުގައި 9 އަހަރަށް ވުރެ ގިން ދުވަހު އެމްޓީސީސީއަށް ޚިދުމަތްކުރައްވާފައެވެ.



އެސްޓީއޯގެ އެއްވެސް ވިޔަފާރިއަކާ ތައާރުޒުވާ މެޓީރިއަލް މުޢާމަލާތެއް، ތަނެއް، ވިޔަފާރިއެއް، ޚިދުމަތެއް ނުވަތަ އެފަދަ އެހެންވެސް މަސައްކަތެއް ކުރާނަމަ އެކަން

އެފަދަކަމެއް ނެތް

އެސްޓީއޯގައިވާ ޙިއްޞާގެ ޢަދަދު

1 ޙިއްޞާ

ވޯޓު ދިނުމަށް ހަމަޖެހިފައިވާ ގޮތް

ކުންފުނީގެ ހިންގާ ޤަވާޢިދުގެ 45 ވަނަ މާއްދާގައި ވާގޮތުގެމަތީން، އެހެންގޮތަކަށް ކަނޑަނާޅާހިނދު ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. މިހެން ވޯޓު ދޭނަމަ، ކޮންމެ މެމްބަރަކަށްވެސް ދެވޭނީ 1 (އެކެއް) ވޯޓެވެ. ކުންފުނީގެ ރައުސުލްމާލުގެ ޙިއްޞާގެ ތަމްޘީލްކުރާ މެމްބަރުން އެދިއްޖެނަމަޕޯލްގެ އުޞޫލުން ވޯޓު ނެގިދާނެއެވެ. މިހެން ވޯޓު ނަގާނަމަ ކޮންމެ މެމްބަރަކަށްވެސް އެމެމްބަރެއްގެ މިލްކުގައިވާ ކޮންމެ ޙިއްޞާއަކަށް އެއް ވޯޓު ދެވޭނެއެވެ.

ހަމަ މިޤަވާޢިދުގެ 46 ވަނަ މާއްދާގައިވާގޮތުން، ނެގޭ ވޯޓު އެއްވަރުވެއްޖެނަމަ، މެމްބަރެއްގެ ޙައިޘިއްޔަތުން ޗެއާމަން ދޭ ވޯޓުގެ އިތުރުން، ގޮތެއް ނިންމުމަށް ކާސްޓިންގ ވޯޓެއް ޗެއާމަންއަށް ދެވިދާނެއެވެ.

އަދި މިފަދައިން ފާސްކުރެވޭ ކޮންމެ އައިޓަމްއަކަށް ނެގޭ ވޯޓުގެ ޞައްޙަކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، އެޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތަށެވެ.
ވީމާ މިކަންކަން ކުންފުނީގެ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އެންގީމެވެ.

02 ޝަޢުބާން 1437
09މޭ 2016
މިއަދު އޮންލައިން