އެސްޓީއޯ އިޢުލާން (ނަންބަރު: 2016‍‍‍‍‍‍/138 އޭއެމްޑީ 60)

ކިޔުމަށް ހޭދަވާނީ 9މ 12ސ
އެސްޓީއޯ އިޢުލާން (ނަންބަރު: 2016‍‍‍‍‍‍/138 އޭއެމްޑީ 60)
1. ޖަލްސާގެ ދަޢުވަތު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ އަހަރީ ޢާންމު ޖަލްސާއަށް ކުންފުނީގެ އެންމެހާ ޙިއްޞާދާރުންނަށް ދަޢުވަތު އަރުވަމެވެ. މިޖަލްސާ ބޭއްވުމަށްހަމަޖެހިފައިވަނީ 2016 ޖޫން 04 ވާ ހޮނިހިރު ދުވަހުގެ ރޭ 09:00 ގައި ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ ހޯލްގައެވެ
.
2. ޖަލްސާގެ އެޖެންޑާ

1. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން.

2. 29 މެއި 2015 ގައި ބޭއްވި މިކުންފުނީގެ 2014 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

3. 2015 ވަނަ އަހަރު ކުންފުނި ހިނގާދިޔަގޮތުގެ މައްޗަށް ބޯޑުން ތައްޔާރުކޮށްފައިވާ ޑިރެކްޓަރުންގެރިޕޯޓް ފާސްކުރުން.

4. 2015 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ ކުންފުނީގެ ބެލެންސްޝީޓާއި ފައިދާ އާއި ގެއްލުމުގެ ހިސާބުތައް ފާސްކުރުން.

5. ޑިރެކްޓަރުންގެ ބޯޑުން ޙިއްޞާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ފާސްކުރުން.

6. 2016 ވަނަ އަހަރަށް ޢައްޔަންކުރާ ކުންފުނީގެ އޮޑިޓަރުން ހޮވާ އެފަރާތުގެ އުޖޫރަކަނޑައެޅުން.

7. ކުރިޔަށް އޮތް އަހަރަށް ކުންފުނީގެ ޑިރެކްޓަރުން ޢައްޔަންކުރުން.

8. ޙިއްޞާދާރުންގެ ޚިޔާލުފާޅުކުރުން.

9. ޖަލްސާ ނިންމުން.

3. ޖަލްސާއަށް ރަޖިސްޓަރކުރުން

2015 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ޙާޟިރުވާން ބޭނުންވާ ޙިއްޞާދާރުން2016 ޖޫން 3 ވާ ހުކުރުދުވަހުގެ ރޭ 09:00 ގެ ނިޔަލަށް ރަޖިސްޓަރކުރައްވަންވާނެއެވެ.ރަޖިސްޓަރކުރުމުގެ ކަންކަން ހަމަޖެހިފައި ހުންނާނީ އެސްޓީއޯ ހެޑް އޮފީހުގައެވެ. ރަޖިސްޓަރކުރުމަށް ވަޑައިގަންނަވާއިރު އެބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ޕާސްޕޯޓް، ނުވަތަ ޑްރައިވިންގ ލައިސަންސް ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް އެދެމެވެ. ރެޖިސްޓަރކުރުމާއިބެހޭގޮތުން އިތުރު މަޢުލޫމާތު މިކުންފުނީގެ "އަހަރީ ޢާންމު ޖަލްސާއަށް ޕްރޮކްސީ ޢައްޔަންކުރުމާއި ބަލައިގަތުން، ރަޖިސްޓަރކުރުމާއި ޑީރަޖިސްޓަރކުރުން، ޙާޟިރީ މާކުކުރުން އަދި ވޯޓު ދިނުމާއި ގުނުމާއިބެހޭ ޤަވާޢިދު" ގައި ބަޔާންކޮށްފައިވާނެއެވެ. 2015 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެވޭނީ މިފަދައިން ރަޖިސްޓަރކުރާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ. އަދި މިދެންނެވި ޤަވާޢިދު ކޮންމެ ޙިއްޞާދާރަކުވެސް ކިޔުއްވުމަށް އިލްތިމާސްކުރަމެވެ.

4. ޕްރޮކްސީ ހުށަހެޅުން

ޖަލްސާއަށް ބަދަލުގައި މީހަކު ފޮނުއްވަން ބޭނުންފުޅުވާ ޙިއްޞާދާރުން މިކުންފުނީގެ ޕްރޮކްސީ ފޯމް މެދުވެރިކޮށް އެކަން ލަސްވެގެން 2016 ޖޫން 3ވާހުކުރު ދުވަހުގެ ރޭ 09:00 ގެ ކުރިން ކުންފުންޏަށް ހުށަހެޅުއްވަންވާނެއެވެ. އެހެންނަމަވެސް، އިދާރީ ކަންކަމަށް ފަސޭހަކުރުމަށްޓަކައި 2016 ޖޫން 2ވާ ބުރާސްފަތި ދުވަހުގެ ރޭ 09:00 ގެ ކުރިން ފޯމްތައް ހުށަހެޅުއްވުމަކީ މިކުންފުނީގެ ވަރަށް ބޮޑު އެދުމެކެވެ.

ޕްރޮކްސީ ފޯމް ހުށަހަޅުއްވާއިރު، މިކުންފުނީގެ ހިންގާ ޤަވާޢިދުގެ 44 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތަށް، ޕްރޮކްސީ ޤަބޫލްކުރެވޭނީ ކޮންމެ ވަކި ފަރާތަކަށް ގިނަވެގެން 100 (ސަތޭކަ) މެމްބަރުންގެ ޕްރޮކްސީއެވެ.
މިފޯމް ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނުންލިބިވަޑައިގަންނަވާނެއެވެ.އަދި ކުންފުނީގެ ވެބްސައިޓް www.sto.mv އިން ޑައުންލޯޑްކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.


5. ޕްރޮކްސީ ބާޠިލްކުރުން ނުވަތަ ކެންސަލްކުރުން

ޙިއްޞާދާރެއްގެ ފަރާތުން ޢައްޔަންކޮށްފައިވާ ޕްރޮކްސީއެއް ބާޠިލްކުރައްވަން ބޭނުންވެއްޖެ ޙާލަތެއްގައި މިކުންފުނީގެ ޕްރޮކްސީ ބާޠިލްކުރަން އެދޭ ފޯމް ފުރުއްވުމަށްފަހު 2016 ޖޫން 4 ވާ ހޮނިހިރުދުވަހުގެ ރޭ 08:00 ގެ ކުރިން[email protected] އީމެއިލް އެޑްރެހަށް ފޮނުއްވަން ވާނެއެވެ.

އިތުރު މަޢުލޫމާތު ކުންފުނީގެ "އަހަރީ ޢާންމު ޖަލްސާއަށް ޕްރޮކްސީ ޢައްޔަންކުރުމާއި ބަލައިގަތުން، ރަޖިސްޓަރކުރުމާއި ޑީރަޖިސްޓަރކުރުން، ޙާޟިރީ މާކުކުރުން އަދި ވޯޓު ދިނުމާއި ގުނުމާބެހޭ ޤަވާޢިދު"ގައި ބަޔާންކުރެވިފައިވާނެއެވެ.މިފޯމް ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަންއިންލިބިވަޑައިގަންނަވާނެއެވެ.އަދި ކުންފުނީގެ ވެބްސައިޓް www.sto.mv އިން ޑައުންލޯޑްކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

6. ޙާޟިރީ މާކުކުރުން

ޖަލްސާގައި ބައިވެރިވުމަށްރަޖިސްޓަރކޮށްފައިވާ ފަރާތްތަކާއިޕްރޮކްސީ ތަމްޘީލްކުރުމަށް ރަޖިސްޓަރކޮށްފައިވާ ފަރާތްތަކުން ކުރުނބާ މޯލްޑިވްސްއަށް ފުރުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 4ވާ ހޮނިހިރު ދުވަހުގެ ރޭ 0730 އާއި 0815 އާދެމެދު 5 ނަންބަރު ފާލަމުންނެވެ. ފާލަންދޮށަށް ޙާޟިރުވާއިރު އެބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. މިދެންނެވި ސުންމިނެޓްގެ ފަހުން ވަޑައިގަންނަވާ ޙިއްޞާދާރުންނަށް ނުވަތަ ޕްރޮކްސީ ހޯލްޑަރުންނަށް، އެއީ ރަޖިސްޓަރކޮށްފައިވާ ފަރާތެއްނަމަވެސް، ޖަލްސާގައި އެފަރާތަަކަށް ބައިވެރިވެވަޑައެއްނުގަނެވޭނެއެވެ.

7. އަހަރީޢާންމުޖަލްސާއަށްޕްރޮކްސީޢައްޔަންކުރުމާއިބަލައިގަތުން،ރަޖިސްޓަރކުރުމާއިޑީރަޖިސްޓަރކުރުން،ޙާޟިރީމާކުކުރުންއަދިވޯޓުދިނުމާއިގުނުމާއިބެހޭޤަވާޢިދު

މިޤަވާޢިދު ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓް www.sto.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މިޤަވާޢިދު ކޮންމެ ޙިއްޞާދާރަކުވެސް ކިޔުއްވުމަށް އިލްތިމާސްކުރަމެވެ.
8. 2014 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ

08 މޭ 2016 ވީ އާދިއްތަ ދުވަހު ނެރުނު މިކުންފުނީގެ އިޢުލާން ނަންބަރު 60-ADM/2016/126ގައި 2014 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެ ވާހަކައާއި ކުންފުނީގެ ވެބްސައިޓިން ޑައިންލޯޑްކުރެވެން ހުންނާނެ ވާހަކަ ވާނީ ދަންނަވާފައެވެ. އަދި މިޔައުމިއްޔާއަށް އިސްލާޙް ހުށަހެޅުއްވުމުގެ ފުރުޞަތު 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 އާއި ހަމައަށް ވާނީ ދެވިފައެވެ.
9. 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް

މިކުންފުނީގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް މިހާރު ވަނީ ތައްޔާރުކޮށް ނިމިފައެވެ. އެހެންނަމަވެސް، ކޯޕަރޭޓް ގަވަރނަންސް ކޯޑާއި ލިސްޓިންގ ރޫލްސްގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން 2016 އޭޕްރީލް 30 ވަނަ ދުވަހަށް ރިޕޯޓް ވަނީ ނިންމޭގޮތް ނުވެފައެވެ. އަދި މިކަންވާނީ ކުންފުނީގެ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި މިކުންފުނީގެ އިޢުލާން ނަންބަރު 60-ADM/2016/120 ގެ ޛަރިއްޔާއިން ދެންނެވިފައެވެ. މިރިޕޯޓް މިހާރު ކުންފުނީގެ ވެބްސައިޓްއިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

10. ކުރިޔަށް އޮތް އަހަރަށް ޑިރެކްޓަރުން ޢައްޔަންކުރުން

ކުރިޔަށް އޮތް އަހަރަށް ސަރުކާރު ތަމްޘީލްކުރެއްވުމަށް ބޯޑަށް ޢައްޔަންކުރައްވާފައިވާ ފަރާތްތަކަކީ؛

1. އަލްފާޟިލް އަޙްމަދު ނިޔާޒު – ހަސަންކާރިގެ، ސ. މީދޫ / އައްޑޫ ސިޓީ

2. އަލްފާޟިލް އަޙްމަދު ޝަހީރު / މ.ލާލްބާޣު

3. އަލްފާޟިލް މުޙައްމަދު މިހާދު / ފިނޮޅު، ހއ. ކެލާ

4. އަލްފާޟިލް ޢާމިރު މަންޞޫރު / މ. މަނަސް

5. އަލްފާޟިލާ ޢާއިޝަތު ރަފިއްޔާ / މ.ވޭވިންގ ލައިޓް

6. އަލްފާޟިލާ ޢާއިޝަތު ރަޔާޙީން ޝަރީފް / މުޝްތަރީގެ، ގދ. ތިނަދޫ

މިފަރާތްތަކުގެ ވަނަވަރު، އެނުއަލް ރިޕޯޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.

ކުރިޔަށް އޮތް އަހަރަށް ޢާންމު ޙިއްޞާދާރުންގެ ފަރާތުން ޑިރެކްޓަރުކަމަށް ކުރިމަތިލެއްވި އަދި ބޯޑުން ފާސްކުރެވުނު ފަރާތްތަކަކީ؛

1. އަލްފާޟިލް މުޙައްމަދު ފަރުޞަތު – ހ.ޓޫހަރޓްސް

2. އަލްފާޟިލް އިބްރާހިމް ލަތީފް – ލީބިޔާގެ/ޏ.ފުވައްމުލައް

މިފަރާތްތަކުގެވަނަވަރުު ވާނީ މިކުންފުނީގެ އިޢުލާން ނަންބަރު 60-ADM/2016/125 ގައި ބަޔާންކޮށް 2016 މޭ 8 ވަނަ ދުވަހު އިޢުލާންކޮށްފައެވެ.

11. 2015 ވަނަ އަހަރުގެ ފައިދާއިން ޙިއްޞާދާރުންނަށް ބެހުމަށްޓަކައިއަހަރީ ޢާންމު ޖަލްސާގައި ހުށަހެޅުމަށް ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅުއްވާ ޢަދަދު 19 މެއި 2016 ވަނަ ދުވަހުގެ ރޭ ބޭއްވުނު މިކުންފުނީގެ ބޯޑު ޖަލްސާގައި، ކުންފުނީގެ 2015 ވަނަ އަހަރުގެ ފައިދާއިން ޙިއްޞާދާރުންނަށް ބަހަން ހުށަހަޅާ ޢަދަދަކީ، ޙިއްޞާއަކަށް 57.00ރ. (ފަންސާސް ހަތް ރުފިޔާ) އެވެ.

12. 2016 ވަނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު.

2016 ވަނަ އަހަރު ކުންފުނީގެ އޮޑިޓް ހެދުމަށް ރާއްޖޭގައި ޙަރަކާތްތެރިވާ 6އޮޑިޓް ފާރމަކުން ވަނީ ކުރިމަތިލައްވާފައެވެ. އެގޮތުން، މިކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އެސްޓީއޯގެ ބޯޑުން ޝޯޓް ލިސްޓުކުރައްވާފައިވާ ފަރާތްތަކަކީ؛

އޮޑިޓް ފާރމް ހުށަހެޅުއްވި އަގު (ޔޫއެސް ޑޮލަރުން)
ކޭޕީއެމްޖީ 39,000.00
ޕްރައިސްވޯޓަރހައުސްކޫޕަރސް 46,110.00
އަރނެސްޓް އެންޑް ޔަންގު 48,760.00

މިފަރާތްތަކުގެ ތެެރެއިން 2016 ވަނަ އަހަރު ކުންފުނީގެ އޮޑިޓް ހެދުމަށް ބޯޑުން ހުށަހަޅުއްވާ ފަރާތްތަކީ ކޭޕީއެމްޖީއެވެ. ކޭޕީއެމްޖީއަކީ 2014 އަދި 2015 ވަނަ އަހަރުވެސް މިކުންފުނީގެ ހިސާބުތައް އޮޑިޓް ކުރައްވާފައިވާ ފަރާތެވެ.

13. ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް.

މިކުންފުނިން 2016 މޭ 08 ވަނަ ދުވަހު ނެރުނު އިޢުލާން ނަންބަރު 60-ADM/2016/127 ގައި ބަޔާންކޮށްފައިވާ ގޮތަށް 2015 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ޙާޟިިރުވެވޭނީ އަދި 2015 ވަނަ އަހަރުގެ ފައިދާއިން ޑިވިޑެންޑް ލިބިވަޑައިގަންނަވާނީ ލަސްވެގެން2016 މޭ 15 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޙިއްޞާގެ މުޢާމަލާތު ކުރައްވާފައިވާ ފަރާތްތަކަށްކަމުގައި ވާނީ ދަންނަވާފައެވެ.

14. ވޯޓު ދިނުން.

ކުންފުނީގެ ހިންގާ ޤަވާޢިދުގެ 45 ވަނަ މައްދާގެ (ށ) ގައި ވާގޮތުގެމަތީން، އެހެންގޮތަކަށް ކަނޑަނާޅާހާހިނދަކު ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. މިހެން ވޯޓު ދޭނަމަ، ކޮންމެ މެމްބަރަކަށްވެސް ދެވޭނީ 1 (އެއް) ވޯޓެވެ. ކުންފުނީގެ ރައުސްމާލުގެ ޙިއްޞާގެ ތަމްޘީލްކުރާ މެމްބަރުން އެދިއްޖެނަމަ ޕޯލްގެ އުޞޫލުން ވޯޓު ނެގިދާނެއެވެ. މިހެން ވޯޓު ނަގާނަމަ ކޮންމެ މެމްބަރަކަށްވެސް އެމެމްބަރެއްގެ މިލްކުގައިވާ ކޮންމެ ޙިއްޞާއަކަށް އެއް ވޯޓު ދެވޭނެއެވެ.

ހަމަ މިޤަވާޢިދުގެ 46 ވަނަ މާއްދާގައިވާގޮތުގެ މަތީން، ނެގޭ ވޯޓު އެއްވަރު ވެއްޖެނަމަ، މެމްބަރެއްގެ ޙައިޘިއްޔަތުން ޗެއާމަން ދޭ ވޯޓުގެ އިތުރުން، ގޮތެއް ނިންމުމަށް ކާސްޓިންގ ވޯޓެއް ޗެއާމަންއަށް ދެވިދާނެއެވެ.އަދި މިޤަވާޢިދުގެ 45 ވަނަ މާއްދާގެ (ނ) ގައި ވާގޮތުގެމަތިން މިފަދަ ޖަލްސާއެއްގައި ނެގޭ ވޯޓުގެ ޞައްޙަކައިމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، އެޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތަށެވެ. ވޯޓާއިބެހޭ އިތުރު މަޢުލޫމާތު ކުންފުނީގެ "އަހަރީ ޢާންމު ޖަލްސާއަށް ޕްރޮކްސީ ޢައްޔަންކުރުމާއި ބަލައިގަތުން، ރަޖިސްޓަރކުރުމާއި ޑީރަޖިސްޓަރކުރުން، ޙާޟިރީ މާކުކުރުން އަދި ވޯޓު ދިނުމާއި ގުނުމާއިބެހޭ ޤަވާޢިދު"ގައި ބަޔާންކުރެވިފައިވާނެއެވެ. މިޤަވާޢިދު ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެ ވާހަކައާއި އަދި މިކުންފުނީގެ ވެބްސައިޓް www.sto.mv އިން ޑައުންލޯޑްކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

މިނޯޓިސްއާގުޅިގެން ހުށަހަޅުއްވާ ލިޔުންތައް ހުށަހަޅުއްވާނީ،ލިޔުމަކުންނަމަ ކޮމްޕެނީ ސެކްރެޓޭރިއަޓަށް އެޑްރެސްކުރައްވާ، އެސްޓީއޯ ޕލކގެ ހެޑް އޮފީހުގެ ރިސެޕްޝަންއަށެވެ. އަދި ފެކްސްގެ ޛަރީޢާއިންނަމަ ފެކްސް ކުރައްވަންވާނީ 3344533 ނަންބަރަށެވެ. އަދި އީމެއިލްގެ ޛަރީޢާއިންނަމަ އީމެއިލްކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 3344383ނުވަތަ 3344395 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ކުންފުނީގެ އެންމެހާ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި އެންގީމެވެ.

20 މޭ 2016



މިއަދު އޮންލައިން