ދާއިރާތައް:
މެރިންކޯރ
ސްޕެޝަލް ފޯސަސް
ފަޔަރ އެންޑް ރެސްކިއު ސަރވިސް
ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް
ކޯސްޓްގާރޑް
މިލިޓަރީ ޕޮލިސް
މެޑިކަލް ސަރވިސް
ކޯރ އޮފް އިންޖިނިއަރސް
ސަޕޯޓް ސަރވިސް
ފެންވަރު ނުވަތަ ޝަރުޠު:
ދިވެހި ރައްޔިތެއް ކަމުގައިވުން.
ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓުފިކެޓެއް އޮތުން.
އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
ސިފައިންގެ ވަޒީފާ އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން.
އިސްކޮޅު (ފިރިހެން: 5 ފޫޓު 5 އިންޗި، އަންހެން: 5 ފޫޓު 3 އިންޗި).
ސަރުކާރުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކުން ވީއްލުމުގެ ޕްރޮގްރާމުގެ ދަށުން ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުވުން.
އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން.
ފޯމުދޫކުރުމާއި ބަލައިގަތުން:
ވަޒީފާ އަށް އެދޭ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 2016 ޖުލައި 10 ވާ އާދީއްތަ ދުވަހުން ފެށިގެން 2016 ޖުލައި 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް.
ވަޒީފާއަށް އެދޭފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުން ފެށިގެން 2016 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް.
އިތުރު މަޢުލޫމާތު:
ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މަތީގައި ބަޔާން ކުރެވިފައިވާ ޝަރުޠުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، އަދި ދުވުން)، ސްވިމިންގ އަދި އެޕްޓިޓިއުޓް ޓެސްޓުން އެ މީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެއެވެ.
މި އިޢުލާނުގެ ބޭނުމަށް އުމުރުފުރާ ބަލާ ތާރީޚަކީ 4 އޮގަސްޓު 2016 އެވެ.
ސިފައިންގެ ވަޒީފާއަށް އެދޭ ފޯމާއި ކުށުގެ ރިކޯޑު ބަލާ ފޯމު ރަސްމީގަޑީގައި މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓުން މި ފޯމުތައް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
ވަޒީފާއަށް އެދޭ ފޯމު ހުށަހަޅުއްވާއިރު ކުށުގެ ރިކޯޑް ފޯމު ފުރިހަމަ ކުރައްވާ ހުށަހަޅުއްވަންވާނެއެވެ.
ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރައްވައި ހުށަހަޅުއްވާއިރު، މި މިނިސްޓްރީގެ ކައުންޓަރުން އިންޓަވިއުއަށް ހާޒިރުވުމަށް އަންގާ ސްލިޕް ގެންދަވަން ވާނެއެވެ.
އިތުރު މަޢުލޫމާތު: 3322607 އެކްސްޓެންޝަން: 3153، 3440 އިން އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓް www.mndf.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
28 ރަމަޟާން 1427
03 ޖުލައި 2016