މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (އިޢުލާން ނަންބަރު: IUL)/101-EP/1/2016/103)

ކިޔުމަށް ހޭދަވާނީ 1މ 54ސ
 މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް  (އިޢުލާން ނަންބަރު: IUL)/101-EP/1/2016/103)
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ، 17 ނޮވެންބަރު 2016 ގައެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިދަންނަވާ ދާއިރާތަކަށް ވަނީ ހުޅުވާލެވިފައެވެ.

އަމިއްލަ ފަރުދުންގެ ދާއިރާ
ރަށުފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ
ވިޔަފާރީގެ ދާއިރާ
ސްކޫލް، ކޮލެޖް، ފެކަލްޓީ ފަދަ ތަޢުލީމީ މަރުކަޒުތަކުގެ ދާއިރާ
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ
ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ދާއިރާ
މައުރަޒުގައި ތަކެތި ބައިވެރި ކުރުމަށް އެދޭ ފަރާތްތަކުން، މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު 2016 އޮކްޓޫބަރު 31 ވާ ހޯމަ ދުވަހުގެ 02:00 ގެ ކުރިން، ހުށަހެޅުއްވުން އެދެމެވެ. ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ތަންތަން މިދަންނަވަނީއެވެ. ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުން މައުރަޒުގައި ބައިވެރިކުރާ ތަކެތި ހުށަހެޅުމުގެ އެންމެފަހު ތާރީޚު ފަހުން އިޢުލާން ކުރެވޭނެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް/ ބޮޑުތަކުރުފާނު މަގު
ބިޒްނަސް ސެންޓަރ/ ހދ. ކުޅުދުއްފުށި
ބިޒްނަސް ސެންޓަރ/ އައްޑޫ ސިޓީ
ބިޒްނަސް ސެންޓަރ/ދ. ކުޑަހުވަދޫ
ބިޒްނަސް ސެންޓަރ/ލ. ފޮނަދޫ
ބިޒްނަސް ސެންޓަރ/ޅ. ނައިފަރު
ބިޒްނަސް ސެންޓަރ/ގ.ދ ތިނަދޫ
ފޯމު ހުށަހެޅުއްވުމުގައި، އީމެއިލްގެ ޒަރީޢާއިން ހުށަހަޅުއްވާ ފޯމުވެސް ޤަބޫލުކުރެވޭނެއެވެ. އީ.މެއިލް އެޑްރެހަކީ، [email protected] އެވެ.

މައުރަޒުގައި ތަކެތި ބައިވެރި ކުރުމަށް 61 ގިންތި ކަނޑައެޅިފައިވެއެވެ.

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2016 ގައި ޢަމަލުކުރާ އުސޫލު www.mauraz.gov.mv ވެބްސައިޓުން ލިބޭނެއެވެ. މައުރަޒުގެ މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނެ ނަންބަރުތައް މިދަންނަވަނީއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް/މައުރަޒު އޮފީސް 7930298، 7930312، 7996790

ހދ. ކުޅުދުއްފުށި ބިޒްނަސް ސެންޓަރ: 6528313

އައްޑޫ ސިޓީ ބިޒްނަސް ސެންޓަރ: 6881013

ދ.ކުޑަހުވަނދޫ ބިޒްނަސް ސެންޓަރ: 6760533

ލ. ފުނަދޫ ބިޒްނަސް ސެންޓަރ: 6800097

ޅ. ނައިފަރު ބިޒްނަސް ސެންޓަރ: 6620350

ގ.ދ ތިނަދޫ ބިޒްނަސް ސެންޓަރ: 6842001

މައުރަޒާބެހޭ އިތުރު މަޢުލޫމާތު މައުރަޒުގެ ވެބްސައިޓުގައި ހިމަނަމުން ގެންދެވޭނެކަމަށާއި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު www.mauraz.gov.mv އިން ލިބެން ހުންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

25 ރަމަޟާން 1437

30 ޖޫން 2016
މިއަދު އޮންލައިން