މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ (އިޢުލާން ނަންބަރު:IUL)30-A2/30/2016/50)

ކިޔުމަށް ހޭދަވާނީ 7މ 18ސ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ   (އިޢުލާން ނަންބަރު:IUL)30-A2/30/2016/50)
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލ. އިސްދުއާއި ދަނބިދުއާއި ކަލައިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު 4 ޖުލައި 2016 ފެށިގެން 17 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ހުޅުވާލަމެވެ. މިކަމަށް އެދި ލޯނަށް އެދޭ ފޯމާއި، ލޯނާއި ބެހޭ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް، www.fishagri.gov.mv އިންނާއި ލޯނު އަމާޒުކުރެވޭ ތިންރަށުގެ ކައުންސިލްގެ އިދާރާތަކުން ލިބެން ހުންނާނެއެވެ.

ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް އަޖުމަބެލުމުގެ ގޮތުން މިތިން ރަށުގައި ކުރާއިރު މި ތިން ރަށުން ޖުމުލަ 100 ފަރާތަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް، ފަށައިގަންނައިރު ފުރަތަމަ ފުރުސަތު ދޭން ނިންމާފައިވަނީ ކޮންމެ ރަށަކުން 10 ފަރާތަށެވެ. މި މަސައްކަތް ކުރުމަށް ލޯނުގެ ގޮތުގައި ދޫކުރެވޭނީ ނަގުދު ފައިސާގެ ބަދަލުގައި ލޯނުގެ އަގަށްވާ މައިގަނޑު ތަކެއްޗެވެ. އެއީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ކޮށްޓާއި ކުދި ހުއިފިލަނޑައެވެ. ލޯނު އަދާކުރުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިންނެވެ.

ލޯނަށް އެދި ފޯމު ހުށަހަޅާނީ އިސްދުއާއި ކަލައިދޫއާއި ދަނބިދޫ، މި ތިން ރަށުގެ ތެރެއިން އެ މީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލްގެ އިދާރާއަށެވެ. ލޯނަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 17 ޖުލައި 2016 ގެ 10:00 އެވެ. ލޯނަށް އެދުމުގެ މުއްދަތު ހަމަވުމުން، ޝަރުތު ހަމަވާ ފޯމްތައް ވަޒަންކޮށް، ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކަށް ޖަވާބުދެވޭނެއެވެ.

ލޯނު ދޫކުރުމުގެ ފުރަތަމަ މަރުހަލާގައި ކޮންމެ ރަށަކުން ހޮވޭ 10 ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ ފޯމު ހުށަހަޅާފައިވާ ފަރާތްތައް ތިރީގައި ބަޔާންކުރާ މިންގަނޑުތަކުން ވަޒަންކުރުމަށްފަހު، އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތެވެ.

ހުއިފިލަނޑާ ބޮޑުކުރުމުގެ މި މަސައްކަތަށް ދޫކުރާ ލޯނު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ތިރީގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާން ޖެހޭނެއެވެ. މި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމު ބާޠިލުކުރެވޭނެއެވެ.

ފޯމު ހުށަހަޅާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނެއް މި ވަގުތު އަދާކުރަމުންދާ ފަރާތެއްނަމަ، މުޅި ލޯނުގެ %50 އަދާކޮށްފައިވާ ފަރާތެއްކަމުގައިވުން

އުމުރުން 18 އަހަރު ފުރިފައިވުން

މަތީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ވަޒަންކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކުރާ ގޮތުގެ މަތީންނެވެ.


މި މަޝްރޫޢަކީ ރަށްފުށުގައި ދިރިއުޅޭ އަންހެން ފަރުދުން ބާރުވެރިކުރުވައި، އިޤުތިޞާދީ މަސައްކަތްތަކުގައި ޝާމިލުވާ މިންވަރު އިތުރުކުރުމަށް ބާރުއަޅާ މަޝްރޫޢެއްކަމުން ލޯނަށް އެދި ހުށަހަޅާ އަންހެނުންނަށް 5 ޕޮއިންޓު ދިނުމަށް ހަމަޖެހިފައިވެއެވެ.


ބޭންކް އޮފް މޯލްޑިވްސްއިން ލޯނެއް ނަގާފައިވާނަމަ، އެ ލޯނު ގަވާއިދުން އަދާކުރާ ގޮތް: 40 ޕޮއިންޓު

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ލޯނެއް ނަގާފައި ނުވާ ފަރާތްތަކަށާއި، ނަގާފައިވާ ލޯނު ގަވާއިދުން އަދާކުރަމުންދާ ފަރާތްތަކަށް: 40 ޕޮއިންޓު

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި އެއްފަހަރު ލަސްވެފައިވާ ފަރާތްތަކަށް: 20 ޕޮއިންޓު

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި ދެފަހަރު ލަސްވެފައިވާ ފަރާތްތަކަށް: 10 ޕޮއިންޓު

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި ތިންފަހަރަށްވުރެ ގިނައިން ލަސްވެފައިވާ ފަރާތްތަކަށް: 5 ޕޮއިންޓު

މާލީ ހާލަތު: 20 ޕޮއިންޓު

އެއްބުރަށް ކުދި ހުއިފިލަނޑަޔާއި ކާނާ ގަތުމަށް ބޭނުންވާ އާމްދަނީ ލިބޭ ފަރާތްތަކަށް: 20 ޕޮއިންޓު

އެއްބުރަށް ކުދި ހުއިފިލަނޑަޔާއި ކާނާ ގަތުމަށް ބޭނުންވާ ފައިސާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް: 15 ޕޮއިންޓު

ހަމަ އެކަނި އެއްބުރަށް ބޭނުންވާ ކާނާ ގަތުމަށް ބޭނުންވާ އާމްދަނީ ލިބޭ ފަރާތްތަކަށް: 10 ޕޮއިންޓު

ރަށުގައި ގާއިމުވެހުރެ ދިރިއުޅެމުން ދިއުން:: 20 ޕޮއިންޓު

ފަސް އަހަރަށްވުރެ ދިގު މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް: 20 ޕޮއިންޓު

ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް: 15 ޕޮއިންޓު

ތިން އަހަރަށްވުރެ ކުރު މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް: 10 ޕޮއިންޓު

އާމްދަނީ ހޯދުމުގެ މަސައްކަތްތައް ރޭވިފައިވާ ގޮތް: 15 ޕޮއިންޓު

އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތް ރަށުގައި ގާއިމުވެ ހުރެ ކުރާ ފަރާތްތަކަށް: 15 ޕޮއިންޓު

އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތް ކުރުމަށް ރަށުން ބޭރަށްދާ ފަރާތްތަކަށް 10 ޕޮއިންޓު

ޕޮއިންޓުގެ ގޮތުން އެއްވަރުވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ނުވަތަ ފަރާތްތަކެއް ހޮވަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނީ މާލީ ހާލަތަށް ބަލައި އާމްދަނީ ދަށް ފަރާތްތަކަށް އިސްކަން ދީގެންނެވެ. މިލޯނާ ބެހޭގޮތުން އިތުރު ކަމެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 3341869 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.


މެރިކަލްޗަރ އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ދޫކުރެވޭ ލޯނާ ބެހޭ މަޢުލޫމާތު

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ މައިގަނޑު މަޤުޞަދަކީ ދިވެހިރާއްޖޭއަށް މެރިކަލްޗަރ ސިނާޢަތެއް ތަޢާރަފުކޮށް އެސިނާޢަތް ތަރައްޤީކުރުމަށް މަގުފަހިކުރުމާއި، މެރިކަލްޗަރގެ މަސައްކަތްތަކުން ރައްޔިތުންނަށް އާމްދަނީ ލިއްބައިދިނުމެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި މަޝްރޫއުން ހިންގާ އެންމެ މުހިއްމު ދެހަރަކާތަކީ މިނިސްޓްރީއާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ހުއިފިލަނޑާއާއި ފާނަ އާލާކުރުމެވެ. މިގޮތުން، އަޖުމަ ބެލުމުގެ ގޮތުން ހުއިފިލަނޑާ ބޮޑުކުރުކުގެ މަސައްކަތް ލ. އިސްދުއާއި ދަނބިދުއާއި ކަލައިދޫގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިތިން ރަށުގެ ރައްޔިތުންގެ ތެރޭން ހުއިފިލަނޑާ ބޮޑުކުރުމަށް ބޭނުންވާ ފަރާތްތަކަށް ލޯނު ދިނުމުގެ ބޭނުމަކީ ހުއިފިލަނޑާ ބޮޑުކޮށް ވިއްކައިގެން އެފަރާތްތަކުގެ އާމްދަނީ އިތުރުކުރުމެވެ. މިލޯނާއި ގުޅޭ މުހިންމު މައުލޫމާތު ތިރީގައި އެވަނީއެވެ.
1- ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް އަޖުމަ ބެލުމުގެ ގޮތުން މިތިން ރަށުގައި މި މަސައްކަތް ކުރާއިރު މިތިން ރަށުން ޖުމުލަ 100 ފަރާތަށް ލޯނުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް، މިހާރު ކުރިއަށްދާ އަޖުމަ ބެލުމުގެ މި ފުރަތަމަ ފިޔަވަހީގައި ލޯނު ދޭން ނިންމާފައިވަނީ ކޮންމެ ރަށަކުން 10 ފަރާތަށެވެ.

2- މިފިޔަވަހީގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މެރިކަލްޗަރގެ ދާއިރާގައި ޙަރަކާތްތެރިވާން ބޭނުން ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ ފަރުދުންނަށެވެ.

3- "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލޯނު ދޫކުރުމުގައި މެރިކަލްޗަރގެ ދާއިރާގައި ޙަރަކާތްތެރިވާން ބޭނުން އަންހެނުންނަށް އިސްކަންދެވޭނެއެވެ. މިގޮތުން ދޫކުރެވޭ ލޯނުގެ ތެރެއިން 30 އިންސައްތަ ދިނުމަށް ހަމަޖެހިފައިވަނީ އަންހެނުންނަށެވެ.

4- ލޯނުގެ ގޮތުގައި ކޮންމެ ފަރާތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމުލަ -/50,000 (ފަންސާސް ހާސް) ރުފިޔާއަށްވާ ތަކެއްޗެވެ. އެއީ -/24,000 (ސައްވީސްހާސް) ރުފިޔާގެ މަގުން އަގުކޮށްފައިވާ ހުއިފިލަނޑާ ބޮޑުކުރާ ކޮށްޓާއި، 26,000 (ސައްބީސްހާސް) ރުފިޔާގެ މަގުން އަގުކޮށްފައިވާ ކުދި ހުއިފިލަނޑައެވެ.

5- ލޯނު ދައްކަންޖެހޭނީ ނަގުދު ފައިސާއިންނެވެ.

6- މި ފިޔަވަހީގެ ދަށުން ދޫކުރާ ލޯނުގެ އިންޓްރަސްޓް ރޭޓަކީ %6 އެވެ.

7- ލޯނު އަދާކުރާއިރު 6 (ހައެއް) މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް (މުއްދަތެއް) ލިބޭނެއެވެ. މި މުއްދަތުގެ ތެރޭގައިވެސް އިންޓްރެސްޓަށްވާ ފައިސާ ދައްކަން ޖެހޭނެއެވެ.

8- މި ފިޔަވަހީގެ ދަށުން ދޫކުރާ ލޯނު އަދާކުރުމުގެ އެންމެ ދިގު މުއްދަތަކީ 5 (ފަހެއް) އަހަރެވެ. މި މުއްދަތު ބެލޭނީ ގްރޭސް ޕީރިއަޑް ހިމެނޭ ގޮތަށެވެ.

9- މި ފިޔަވަހީގެ ދަށުން ލޯނު ލިބޭ ފަރާތްތައް ކަނޑައަޅާނީ، މިނިސްޓްރީގެ ފަރާތުން ފޯމުތައް ސްކްރީން ކުރުމަށްފަހު މިނިސްޓްރީންއެވެ.

10- މި ފިޔަވަހީގެ ދަށުން ލޯން ލިބޭ ފަރާތްތައް ކުރިން ލޯނެއް ނަގާފައިވާނަމަ އެލޯނު އަދާކުރަމުންދާ/ އަދާކޮށްފައިވާ ގޮތަށް ބެލެވޭނެއެވެ. އަދި މިހާރު ލޯނެއް އަދާކުރަމުން ދާނަމަ، އެ ލޯނުގެ 50 އިންސައްތަ އަދާކޮށްފައި ނުވާ ފަރާތްތަކަށް މިފިޔަވަހީގެ ދަށުން ލޯން ދުލެއް ނުކުރެވޭނެއެވެ.

11- މި ފިޔަވަހީ ދަށުން ލޯނަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ބަލައިގަންނާނީ ރަށު ކައުންސިލްތަކުގެ އިދާރާތަކުންނެވެ.

12- ލޯން ދޫކުރުމަށް ހަމަޖެހިފައި ވަނީ ބޭންކް އޮފް މޯލްޑިވްސްއާއެކު ސޮއިކުރެވޭ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.

13- މި ލޯނަށް އެދެވޭނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ދިވެހިންނަށެވެ. ލޯނު ނަގާ ފަރާތުގެ އުމުރުން 65 އަހަރުވުމުގެ ކުރިން ލޯން ޚަލާޞްކޮށް ނިންމަންވާނެއެވެ.
14- ލޯނަށް އެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

15- މި ލޯނުގެ ދަށުން ލިބޭ ތަކެއްޗާއި ސާމާނު ބޭނުންކުރަންވާނީ ހަމައެކަނި ލޯނު ދޫކުރި މަޤުޞަދާ ހާސިލުކުރުމަށެވެ.
މިއަދު އޮންލައިން