ނަންބަރު: IUL)138-PIS1/1/2016/133)
މަޤާމް :އިންޖިނިއަރ
ބޭނުންވާ އަދަދު :1
ވަޒީފާގެ ފުރުޞަތު
ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް" މަޝްރޫއުގެ މަސައްކަތްތައް ބެލެހެއްޓުމަށްޓަކައި މި މިނިސްޓްރީގައި ބުރިޖް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓެއް (ބުރިޖް ޕީ.އެމް.ޔޫ.) ޤާއިމުކުރުމަށް ބޭނުންވެއެވެ. މި ޕީ.އެމް.ޔޫ. ގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އިންޖިނިއަރގެ މަޤާމަށް މީހަކު ހޯދުމަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަޤާމުގެ މަސައްކަތްތަކާއި، މި މަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުޠުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) މި މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
ވީމާ، މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 2 ވާ އާދީއްތަ ދުވަހު 14:00 ގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004300 ފެކްސް:3004301
އީ-މެއިލް: [email protected]
ވެބްސައިޓް: www.housing.gov.mv
08 ޝައްވާލް 1437
13 ޖުލައި 2016