މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.

އަހުމަދު
ކިޔުމަށް ހޭދަވާނީ 40ސ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
އިޢުލާން: ނަންބަރު: MTCC-PD/IU/2016/0122

އެމްޓީސީސީއަށް ފެރީ ޓާމިނަލް ތަރައްޤީކޮށް ހިންގުމަށް ޒޯން 3 އިން ލިބިފައިވާ ބިންތައް ތަރައްޤީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: MTCC-PD/IU/2016/0053 އާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ނުލިބުމުގެ ސަބަބުން އެ އިޢުލާނު ބާޠިލުކުރުމަށްފަހު އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 7 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް މީޓިން ރޫމް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 14 ވަނަ ދުވަހުގެ 11:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

01 އޮގަސްޓް 2016
މިއަދު އޮންލައިން