މިނިސްޓްރީ އޮފް އެޑިޔުކޭޝަން (އިޢުލާން)

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
މިނިސްޓްރީ އޮފް އެޑިޔުކޭޝަން (އިޢުލާން)
އިޢުލާން ނަންބަރު: IUL)22-PU/1/2016/189)

ފޮތް ޗާޕުކުރުމަށް ބޭނުންވެއްޖެ

2017 ވަނަ އަހަރަށް ޢަރަބިއްޔާ ސްކޫލަށް ބޭނުންވާ ފޮތް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 8 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ޑިވިޜަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 8 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ޑިވިޜަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް: 2016 އޮގަސްޓު 25 ވަނަ ދުވަހުގެ 12:00 އަށް

އަންދާސީހިސާބު ހުށަހެޅުމަށް: 2016 އޮގަސްޓު 31 ވަނަ ދުވަހުގެ 12:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

21 އޮގަސްޓް 2016
މިއަދު އޮންލައިން