މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (އިޢުލާން)

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (އިޢުލާން)
އިޢުލާން: IUL) 101-AF/1/2016/156)

އައިހެވަން އިންޓަގްރޭޓަޑް މަޝްރޫޢާ ގުޅޭ މާސްޓަރޕްލޭން ތަރައްޤީ ކުރުން

މި މިނިސްޓްރީގެ އިޢުލާން ނަންބަރު IUL)101-AF/1/2016/151) އާ ޙަވާލާދީ ދަންނަވަމެވެ. އިހަވަންދިއްޕޮޅުގައި ހިންގުމަށް ސަރުކާރުން ރާއްވަވާފައިވާ އައިހެވަން އިންޓަގްރޭޓަޑް ޕްރޮޖެކްޓުގެ މާސްޓަރ ޕްލޭން ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް، ޕްރޮޕޯޒަލް ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތު 2016 އޮގަސްޓު 24 އިން 2016 ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކުރެވިފައެވެ.

އައިހެވަން އިންޓަރގްރޭޓަޑް މަޝްރޫޢަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރެއް ހިމެނޭގޮތުން، ބަނދަރުގެ ވިޔަފާރިއަށް ސަޕޯޓުކުރާ އިތުރު އިންޑަސްޓްރީތައްކަމުގައިވާ ވެއަރހައުސިންގ، ޕެކޭޖިންގ، ޕްރޮސެސިންގ، މެނުފެކްޗަރިންގ، އިންޓަރނޭޝަނަލް ކްރޫޒް ފެސިލިޓީޒް އަދި އެއަރޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައްވެސް ހިމެނޭގޮތަށް ތަރައްޤީ ކުރުމަށް ރޭވިފައިވާ މަޝްރޫޢެކެވެ.

މަތީގައި ދެންނެވިފައިވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި ދަޢުވަތާ ގުޅޭ ތައްޔާރުކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސްގައިވާ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ޕްރޮޕޯޒަލް ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

މި ދަޢުވަތުގެ ދަށުން ފޯރުކޮށްދިނުމަށް އެދޭ ޚިދުމަތްތަކާއި، މަޝްރޫޢު ހިންގުމަށް ރޭވިފައިވާ ސަރަހައްދުގެ ތަފުސީލާއި އަދި މަސައްކަތް ނިންމުމަށް އެދޭ ތާރީޚުތައް ޓާރމްސް އޮފް ރިފަރެންސް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާނެއެވެ.

މި ދަޢުވަތާގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ، މި މިނިސްޓްރީއާ ގުޅުއްވުން އެދެމެވެ.

މިނިސްޓްރި އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
11 ވަނަ ފަންގިފިލާ، ވެލާނާގެ އޮފީސް ބިލްޑިންގް
އީމެއިލް: [email protected]
ޓެލެފޯން: 9603305808+

ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާތީ މިހާރު ޕްރޮޕޯޒަލް ހުށަހެޅުމުގެ ފަހުގެ ތާރީޚަކީ 2016 ސެޕްޓެންބަރު 1 އެވެ. އަދި ޕްރޮޕޯޒަލް ހުށަހަޅުއްވާނީ މަތީގައި ދެންނެވިފައިވާ މި މިނިސްޓްރީގެ އެޑްރެހަށެވެ.

ހުށަހެޅޭ ޕްރޮޕޯޒަލްތަކަށް ބެލުމަށްފަހު ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށް ޝޯޓްލިސްޓްވާ ފަރާތްތަކަށް އިތުރު މަޝްވަރާއަށް ދަޢުވަތު އެރުވޭނެއެވެ.

23 އޮގަސްޓް 2016
މިއަދު އޮންލައިން