މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (އިޢުލާން)

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް  (އިޢުލާން)
އިޢުލާން: ނަންބަރު: IUL)101-EP/1/2016/164)

ދިވެހިރާއްޖެއަށް، ތިރީގައި މިދަންނަވާ ބާވަތްތަކުގެ މުދާ އެކްސްޕޯޓް ކުރުމަށް ބަންގްލަދޭޝްގެ ވިޔަފާރިވެރިން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ބަޔާންކޮށް، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން މި މިނިސްޓްރީއަށް އެކަން އަންގަވާފައި ވެއެވެ.

ބޭހުގެ ބާވަތްތައް

ބެންގާލް މީޓް

ތަރުކާރީގެ ބާވަތްތައް

އެކި ބާވަތްތަކުގެ އަލުވި (ޑިއަމަނަޓް، ކާޑިނަލް، އެސްޓަރިކްސް، ގްރެނޯލާ، ބެނިލާ، ސަޖިޓާ)

ހިލަވެލި

މި ތަކެތި ބަނގްލާދޭޝް އިން އިމްޕޯޓްކުރަން ޝައުޤުވެރިވާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާ ކޮށްދެއްވުމަށް އެދިފައިވާތީ، ބުނެވިދިޔަ ބާވަތްތައް އެތެރެކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެ ފަރާތްތަކުގެ ނަމާއި ތަފުސީލު، ކޮންޓެކްޓް ނަންބަރު އަދި އީމެއިލް އެޑްރެސް، ތިރީގައި ބަޔާންކުރާ އީމެއިލް އެޑްރަހަށް ފޮނުއްވައިދެއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

06 ސެޕްޓެންބަރު 2016
މިއަދު އޮންލައިން