ދިވެހިންގެ ފުދުންތެރިކަން އިތުރުވި މިންވަރު ބަނދަރުމަތިން ފެނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދިވެހިންގެ ފުދުންތެރިކަން އިތުރުވި މިންވަރު ބަނދަރުމަތިން ފެނޭ!
މީގެ ދެ އަހަރެއް ކުރިއަށް ބެލި ނަމަވެސް އީދަކަށްފަހު ހުޅުވޭތާ ދެ ތިން ދުވަސްވަރުވާއިރު ވެސް ބާޒާރުމައްޗަށް އަރައިއުޅުުމަކީ ފަސޭހަކަމަކަށްނުވާނެއެވެ. ރަށްރަށަށް ދަތުރުކުރި މީހުން ގޮވައިގެން މާލެ އަންނަ އުޅަނދުފަހަރު އެނބުރި ފުރުމަށްޓަކައި މުދައު އަރުވަމުން ގެންދާތީއެވެ.

އުޅަނދުތަކުން ފަޅުތެރެ އޮންނާނީ އެކީ ފުރި ތޮއްޖެހި ބާރުވެފައެވެ. އިޅަނދުތަކަށް އަރުވާ މުދައުތައް ގިނަކަމުން ބޮޑުތަކުރުފާނު މަގުވެސް އޮންނާނީ ތަކެތިން ފުރިބާރުވެފައެވެ.

މިފަހަރުގެ އީދަކީ މާލޭގައި ތިބި ރައްޔިތުންގެ ތެރެއިން 60 އިންސައްތަ މީހުން މާލެއިން ބޭރަށް ދަތުރުކުރި އީދެއް ކަމަށް ބެލެވެއެވެ. ބުރާސްފަތި ދުވަހުން ފެށިގެން އެނބުރި އަންނަމުން އައިސް އިއްޔެ ވަނީ އެންމެން މާލެ އައިސް ނިމިފައެވެ. ނަމަވެސް ބާޒާރުމަތިން މިދެންނެވި ފަދަ އެއްވެސް ކަމެއް ނުފެނެއެވެ.

މިފަދަ ބަދަލެއް މިއައީ ދިވެހިންގެ ފުދުންތެރިކަން އިތުރުވެ ދަތުުރުފަތުރުކުރުމުގެ ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމާއި ގުޅިގެންނެވެ. އާދައިގެ ބޯޓުފަހަރުގައި ދަތުރުކުރުން ނިމުމަކަށް އައުމުންނެވެ.

ދިވެހިން މިހާރު ދަތުރުކުރަނީ ވައިގެމަގުންނާއި ސްޕީޑް ލޯންޗްތަކުގައާއި ފަސިންޖަރުން އުފުލުމަށް ޚާއްޞަ އުޅަނދުފަހަރުގައި ކަމަށްވާތީއެވެ.

ވައިގެ ދަތުރުތަކަށް އޮތް ޑިމާންޑް ބޮޑުކަމުން ސަރުކާރުން މިހާރުވެސް ގެންދަނީ އިތުރު ގިނަ އެއާޕޯޓްތައް އެޅުމަށް މަސައްކަތްކުރަމުންނެވެ.

މިގޮތުން އެންމެ ބޮޑަށް ފާހަގަކުރެވެނީ ގދ ރަތަފަންދޫގައި އަޅަން އުޅޭ އެ އަތޮޅުގެ 3 ވަނަ އެއާޕޯޓެވެ.
މިއަދު އޮންލައިން