މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އިއުލާން)

ކިޔުމަށް ހޭދަވާނީ 47ސ
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އިއުލާން)
އިޢުލާން ނަންބަރު: IUL)MMPRC-HR/1/2016/52)

އަންދާސީހިސާބު ބޭނުންވެއްޖެ

ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން މި ކޯޕަރޭޝަނުގެ ފަރާތުން ކޮންމެ އަހަރަކު ޗާޕުކުރަމުންދާ "ރިސޯރޓް ހޮޓެލް ގައިޑް" 01 (އެކެއް) އަހަރުގެ މުއްދަތައް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމުގެ ބޭނުމުގައި 2016 އޮގަސްޓު 30 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު (IUL) MMPRC/1/2016/46 އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ ބިޑުތައް ބާޠިލުކޮށް އެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 26 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކޯޕަރޭޝަނަށް (ވެލާނާގޭ، 4 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 3 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

17 ޛުލްޙިއްޖާ 1437

19 ސެޕްޓެންބަރު 2016
މިއަދު އޮންލައިން