ސަބްސިޑީ ދޫކޮށްލުމަށް އިންޑިޔާއިން ރާއްޖެ ދަސްކުރަންވީ ކަންކަތައް

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 5މ 45ސ
ސަބްސިޑީ ދޫކޮށްލުމަށް އިންޑިޔާއިން ރާއްޖެ ދަސްކުރަންވީ ކަންކަތައް

 


އިންޑިޔާ އިގްތިޞާދަށް ދިމާވި އެންމެ ވަރުގަދައެއް ގޮންޖެހުމަކީ ސަރުކާރުގެ ދަރަނި ކުޑަކުރުމަށްޓަކައި ހިފެހެއްޓިފައި ނުވަތަ ކޮންޓްރޯލްކުރެވިފައިވާ ބޮޑެތި ސަބްސިޑީގެ ބިލުތަކެވެ. މި އުނދަގޫ މަސައްކަތުގެ މައްޗައް ރިޢާޔަތް ކުރަމުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ ކައްކާ ގޭސް ނުވަތަ އެލް.ޕީ.ޖީ ގެ ސަބްސިޑީ އާންމުކުރުމަށް ދެ ކަމެއް ހާޞިލްވާގޮތައް މަސައްކަތްތައް ފަށާފައެވެ.


ހ)ފުރަތަމަ ކަމަކީ އެލް.ޕީ.ޖީ ގެ ސަބްސިޑީ ކުޑަކުރުމެވެ.


ށ) ދެވަނަ ކަމަކީ ޢަރަނީގެ ބޭނުން އެންމެ ރަނގަޅު ގޮތައް ހިފުމައްޓަކައި ފަގީރު ގޭބިސީތަކަށް ގޭސް ފޯރުކޮށްދިނުމާއި، ސާފު އަދި ތިމާވެއްޓާއި ރާއްޓެހި ޙަކަތަ ބެނުންކުރުމެވެ.


ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި މަޝްރޫޢު ފެށުމާއި އެކު މިކަމަށް ޙާއްޞަ ޝައުގުވެރިކަމެއް ދެއްވާފައެވެ. އިންޑިޔާ ސަރުކާރުން ވަނީ ބޮޑިވަޒީރު އަމިއްލަފުޅައް ދެއްވާފައިވާ މެސެޖުތަކަކާއިއެކު ރައްޔިތުން އެލް.ޕީ.ޖީ ސަބްސިޑީ އަމިއްލަޔައް ދޫކުރުމަށް ބާރު އަޅާ މާސިންގާ މީޑިއާ ކެމްޕޭނެއް ފަށާފައެވެ. ސަރުކާރުން މި ކެމްޕޭން ނަން މަޝްހޫރުކޮށްފައިވަނީ 'ގިވް އިޓް އަޕް' ކެމްޕެއިންގެ ނަމުންނެވެ. މި ކެމްޕޭނުގެ ފުރަތަމަ ބައިގައި، މެސެޖުތައް އަމާޒުކޮށްފައިވަނީ ފޯރުންތެރި ގޭބިސީތަކުން އަމިއްލަޔަށް އެލް.ޕީ.ޖީ ސަބްސިޑީ ދޫކޮށްލުމުގެ މައްޗަށެވެ. ނަމަވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީ އަމިއްލަފުޅަށް މީހުންނަށް ގޮވާލެއްވި ގޮވާލެއްވުމަށް ރައްޔިތުން ޝައުގުވެރި ވީ ނަމަވެސް މީގެން އެދެވޭ ކަހަލަ ނަތީޖާއެއް ނުނިކުތެވެ. ބޮޑުވަޒީރުގެ ގޮވާލެއްވުމަށް އިޖާބަދީ އެލް.ޕީ.ޖީ ސަބްސިޑީ އަމިއްލަޔަށް ދޫކޮށްފައިވަނީ 160 މިލިއަން އެލް.ޕީ.ޖީ ބޭނުންކުރާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 5.8 މިލިއަން މީހުންނެވެ. މީ އެންމެ އެދެވޭ ނަތިޖާކަމުގައި ނޫންވިއަސް މިކަމަށް މިވަނީ ފެށުމެއް ގެނެވިފައެވެ.


އާފެށުމަކުން ފަށައިގަތުމަށްފަހު، ސަރުކާރުން މި ކެމްޕޭނުގެ ދެވަނަ ބައި ކުރިޔަށް ގެންދިޔައެވެ.މި މަޝްރޫޢު ލޯންޗު ކުރުމުގެ މަރުހަލާގައި އެލް.ޕީ.ޖީ ބޭނުންކުރާ ބައެއް މީހުން އަމިއްލައަށް އިސްނަގައިގެން އެކަން ދޫކޮށްލި ނަމަވެސް، ހަލުވިކޮށް ¬މި މަޝްރޫޢު ހިންގުމަށްޓަކައި، ބާޒާރުގެ އަގުގައި ކައްކާ ގޭސް ސިލިންޑަރު ގަތުމަށް ފުރިފޯދިގެންވާ ފަރާތްތަކަކީ ސަރުކާރު މިސަބްސިޑީ ދިނުމުގައި "ޓާގެޓް ކަސްޓަމާސް" ނޫން ކަމުގައި ނިންމުނެވެ. މަތީފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް ބާޒާރު އަގުގައި އެލް.ޕީ.ޖީ ގޭސް ސިލިންޑަރު ލިބެން ހުންނާނެއެވެ. މިގޮތުން، 1961ގެ އިންކަމް ޓެކްސް އެކްޓުގެ ދަށުން ޓެކްސަބަލް އިންކަމްގެ ގޮތުތައި 1 މިލިއަން ރުޕީސްއަށްވުރެ ގިނައިން ލިބިފައިވާ ފަރާތަކަށް ނުވަތަ އޭނާގެ ޒަވާޖީ ބައިވެރިޔާއަށް އެލް.ޕީ.ޖީ ސަބްސިޑީއެއް ނުލިބޭނެއެވެ. އެލް.ޕީ.ޖީ ބޭނުންކުރާ %90 އަކީ އާމްދަނީގެ ގޮތުން އެންމެ މުއްސަނދި %30 ގޭބިސީތަކުގައި ވުމީ، މި ސަބްސިޑީ ލިބިދެވޭނެ ފަރާތްތަކުގެ ލިސްޓު ކުޑަ ކުރުމުގެ އެއް ސަބަބެވެ. އަދި ކައްކާ ގެސް ފަދަ އަސާސީ ކަމަކަށް ސަރުކާރުން ސަބްސިޑީ ދޭއިރު އެކަމަށް އެންމެ ބޭނުންވެފައިވާ އަދި ފަގީރު ފަރާތްތަކަކީ މިސަބްސިޑީގެ ފައިދާ ލިބިދެވޭ މައިގަނޑު ފަރާތްތައް ކަމުގައި ނިންމުނެވެ.


މީގެ އިތުރުން، ފަގީރު ގޭބިސީތަކަށް ފައިސާ ފޯރުކޮށްދިނުމަށްޓަކައި "ޑައިރެކްޓް ބެނެފިޓް ޓްރާންސްފާ" (ޑީ.ބީ.ޓީ) ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިކަމުގެ މައިގަނޑު މަޤުސަދަކީ މިސިސްޓަމް ވިލަރެސް ކުރުމުގައި ހުންނަ ހީނަރު ކަމަކުން "ގޯސްޓު އެކައުންޓު"ތަކަށް އިތުރަށް ނުވަތަ ބޭކާރު ގޮތުގައި ހޭދަވާ ފައިސާ މަދުކޮށް މިފައިސާވެސް ބޭނުން ޖެހިފައިވާ ފަގީރު ގޭބިސީތަކަށް ފޯރުކޮށްދިނުމެވެ. ސަރުކާރުން މިސްކީމަށް ނަންދެއްވާފައިވަނީ "ޕީ.އޭ.އެޗް.އޭ.އެލް" ގެ ނަމުންނެވެ.


"ޕީ.އޭ.އެޗް.އޭ.އެލް" ސްކީމް އަމަލީގޮތުން ހިންގެން ފެށުމުން، މިސަބްސިޑީ ޓްރާންސްފާ ކުރެވިގެންދާނީ އެލް.ޕީ.ޖީ ބޭނުންކުރާ 147.8 މިލިއަން މީހުންގެ ބޭންކު އެކައުންޓްތަކަށެވެ. 2016 ވަނަ އަހަރުގެ އިޖްތިމާއީ ސާރވޭއިން ދައްކާ ގޮތުގައި، ޑީ.ބީ.ޓީ މެދުވެރިކޮށް މިހާރު 151 މިލިއަން މީހުންނަށް އެލް.ޕީ.ޖީ.ގެ ސަބްސިޑީ ލިބެމުން ދެއެވެ. އަދި 29000 ކުރޯޑު ރުޕީސް(67 ރުޕީސްއަކީ އެމެރިކާ 1 ޑޮލަރުގެ ރޭޓުން، ގާތްގަނޑަކަށް 4.3 ބިލިއަން އެމެރިކާ ޑޮލަރު) ވަނީ މިހާތަނަށް މިސަބްސިޑީ ލިބިދެވޭ ފަރާތްތަކަށް ދެވިފައެވެ.


މިއީ ސިޔާސީ ހިތްވަރާއި ހިންގުމުގެ ހަރުދާނާކުރުމުގެ ލާމަސީލު މިސާލެއްކަން ޔަޤީނެވެ.


ރާއްޖޭގެ ޙާލަތައް ނަޒަރުހިންގާލުން


ސަބްސިޑީ ދިނުމުގެ ސަބަބުން އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަންތިން ކުރިއަރަމުން އަންނަ ޤައުމުގެ ފަންތިއަށް ދިވެހި ރާއްޖެ އަރާފައި ވީނަމަވެސް، ސަބްސިޑީގެ މިމަޤުޞަދަކީ އެންމެ ތެދު މަޤުޞަދުކަމުގައި މިއަދަކު ނުވެއެވެ. އަދި އިންޑިއާއެކޭ އެއްފަދައިން ސަބްސިޑީ ވެފައިވަނީ ފިސްކަލް ޑެފިސިޓް ނުވަތަ ދަރަންޏަށް މަގުފަހި ކުރުވާ ކަމެއް ކަމަށެވެ.


ސަބްސިޑީ ފޯރުކޮށްދެވެނީ "އާދައިގެ" ފަންތީގެ އަސާސީ ކާނާ (ހަނޑޫ، ހަކުރު، ފުއް)އަށެވެ. 'މޮޅު' ފަންތީގެ ނުވަތަ ޕްރިމިއަމް ބްރޭންޑެއްގެ ގޮތުގައި ބަންދުކުރެވިފައިވާ މިފަދަ އަސާސީ ކާބޯތަކެއްޗަށް ސަބްސިޑިއެއް ނުލިބެއެވެ. މިހެންކަމުން އެފެންވަރުގެ ކާބޯތަކެތި ގަންނަ ފަރާތްތަކަށް އަގުގެ ގޮތުން އިތުރު ފައިދާއެއް ނެގުމުގެ ފުރުޞަތެއް ނޯންނާނެއެވެ.


އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ މިންގަނޑުން ކުރިއަރަމުން އަންނަ ޤައުމުގެ ފަންތިއަށް ދިވެހި ރާއްޖެ އެރުމުގެ ތެރޭގައި ގޭބިސީތަކުން އާދައިގެ ކާޑުގެ ބާވަތްތައް ގަތުން ދޫކޮށްލައި ޕްރީމިއަމް ބްރޭންޑްތަކުގެ ކާޑުގެ ބާވަތް ގަތުމަށް ވަނީ މިސްރާބު ބަދަލުވެފައެވެ.


މިހެންކަމުން، ފިސްކަލް ނުވަތަ ފައިސާގެ މިންގަނޑަކުން ބަލާއިރު، ކާޑުގެ ބާވަތްތަކަށް ދެވިފައިވާ ސަބްސިޑީ ކަނޑާލުން އެއީ ބުއްދި ހަމަޖޭކަމެއް ކަމަށް ފެނެއެވެ. އެހެނީ، އެ ސަބްސީޑީ ކަނޑާލިކަމުގައި ވިޔަސް، ކާޑުގެ ބާވަތްތަކަށް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު މިއަދު ކުރާ ޚަރަދަށް ބަދަލެއް ނާންނާތީއެވެ. އަދި އިންޑިއާއާ އަޅާ ބަލާއިރު ނިސްބަތުން ނުހަނު ކުޑަ އާބާދީއެއްގެ މިޤައުމުގައި މިކަން ކުރެވި، އަވަސް ގޮތެއްގައި މިކުމެގެ ފައިދާ ނެގޭނެނެކަން ޔަޤީން ވާތީއެވެ.


އިންޑިޔާއިން ދަސްވި ފިލާވާޅުތަކާއި އެކީ މިފަދަ ބޮޑު ބަދަލެއްގެ ސަބަބުން ދަތި އުނދަގުލާ ކުރިމަތިލާނެ ފޯރުންތެރިކަން ކުޑަ ބަޔަކު ތިބި ނަމަވެސް، މިކަން އަމަލީގޮތުން ފެށުމުގެ ކުރިން  އެފަދަ ފަރާތްތަކަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ. މިހާރުވެސް ސަރުކާރުގެ އުޞޫލުތައް ޤާއިމްވެފައިވާގޮތުން ނެޝަލަން ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ފަދަ މުޢައްސަސާތަށް މެދުވެރިކޮށް މިފަދަ އެހީތެރިކަން ރައްޔިތުންތަށް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ.


އިންޑިޔާއަށް ދިމާވި ފަދައިން ރާއްޖެއަށްވެސް މިފަދަ ގިނަދުވަސްވީ ކަމަކަށް ބަދަލު ގެނައުމުގައި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވާނެއެވެ. ނަމަވެސް އިންޑިޔާއެކޭ އެއްފަދައިން މިކަމުން ރާއްޖެއަށް ދުރު މުސްތަޤްބަލަށް ދާންދެން ފައިދާ ކުރާނެކަން ކަށަވަރެވެ.

މިއަދު އޮންލައިން