ރަށުތެރޭ ގިނަވެގެން މިއުޅޭ ބަންގާޅީންތައް ގުޅިފަޅަށް ބަދަލުކުރުން އަވަސްނުކޮށްފިނަމަ ރާއްޖޭގައި ދެން އަމާންކަމެއް ނެތެވެ. ޚާއްޞަކޮށް މާލެ ސިޓީ ސަރަހައްދުގައި ވިއްސިވިހާލިވެގެން މިއުޅޭ ބަންގާޅީންތަކެވެ.
އެންމެ ގިނަ އަދަދަކަށް ބިދޭސީން މަސައްކަތްކުރާ އެއް ޤައުމަކީ ޔޫއޭއީއެވެ. ޔޫއޭއީގައިވެސް މަސައްކަތު ވަގުތު ނޫން ވަގުތުތަކުގައި ވިއްސިވިހާލިވެގެން އުޅުމުގެ ފުރުޞަތު ބިދޭސީ މަސައްކަތު މީހުންނަކަށް ނުދެއެވެ. މަސައްކަތު ނިމުމުން އެމީހުންނަށް އުޅެންޖެހެނީ އެމީހުން ތިބެން ހަމެޖެހިފައި ހުންނަ ސަރަހައްދުތަކުގައެވެ.
ރާއްޖެއަށް ބަލައިފިނަމަ ފެންނަނީ ދަންވާވަރަކަށް ބަންގާޅީން މަގުތަކުގައި ގިނަވާތަނެވެ. ނަތީޖާއަކަށް މިވަނީ ބޮޑެތި ކުށްކުރުމާއި ރޭޕް ކުރުމުގެ އަމަލުތައް އިތުރުވަމުން ދިއުމެވެ.
ރޭގަނޑުގެ ވަގުތުތަކުގައި މަގުތަކުގައި ބަންގާޅީން އުޅޭނަމަ އެކަމުގެ ޒިންމާ އެމީހުންގެ ސްޕޮންސަރަށް އުފުލަންޖެހޭނެއެވެ. ނަމަވެސް މައްސަލައަކީ މަގުތަކުގައި އުޅޭ އެތައް ހާސް ބަންގާޅީންނަކީ ވިސާއެއް އަދި ސްޕޮންސަރުން ނެތް ބަންގާޅީންކަމެވެ.
ހުލުމާލޭގައި ރޭ ވެސް މިވަނީ ރޭޕްކުރަން މަސައްކަތްކުރުމުގެ ހިތާމަވެރި ހާދިސާއެއް ހިނގައިފައެވެ. އެ އަންހެން މީހާއަކީ ހޭލުންތެރި އަންހެނަކަށްވާތީ ސަލާމަތް ވެވުނު ނަމަވެސް ކޮންމެ ކޮންމެ އަންހެނަކުނަމަ ރޭޕްކުރުމުން ސަލާމަތެއް ނުވެވުނީހެވެ.
މަގުތައް ހިމާޔަތްކުރުމަކީ ހަމައެކަނި ދައްކާ ވާހަކައިން ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ނޫނީ ނުކުރެވޭނެ ކަމެކެވެ. ފިޔަވަޅު ނާޅައި ދައްކާ މޮޅު ވާހަކައިން އެކަނި ކަންކަން ޙައްލުކުރެވޭނެ ނަމަ މިހާރު އޮންނާނީ ޙައްލުކުރެވި ނިމިފައެވެ.
ވިސާ ނެތި އުޅޭ މީހުން ހޯދައި ޤައުމަށް ފޮނުވުމުގެ ވާހަކަ މިހާރު ވެފައިވަނީ ސަރުކާރުން ދައްކާ އެންމެ "ހޮޅި" ވާހަކައަށެވެ. އެވާހަކަތަކުގެ އަޑު އަހައި ޤަބޫލުކުރާ ބައަކު މިހާރު ރާއްޖެއަކު ނެތެވެ. ޤަވާއިދާއި ޚިލާފަށް އުޅޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދަތީއެވެ. ކޮންމެ ދުވަހަކުވެސް މަސައްކަތެއް ހޯދަން ނުކުމެ ޒިކުރާ މިސްކިތް ފަދަ ސަރަހައްދުތަކުގައި ތިބޭތަން ފެންނަ ބަންގާޅީންގެ އަދަދު މަދުނުވާތީއެވެ.
ލޯކަލް މާރުކޭޓުގައި ބަންގާޅީންނަށް ނުތިބެވޭނެ ކަމުގެ ވާހަކަ ދައްކާވަރަކަށް މާރުކޭޓުގައި މަސައްކަތްކޮށް ގޮޅިތައް ހިންގާ ބަންގާޅީންގެ އަދަދު އަންނަނީ އިތުރުވަމުންކަން އެކަން ބަލަހައްޓާ ފަރާތައް ނުއެނގުނު ނަމަވެސް ރައްޔިތުންނަށް އެނގޭތީއެވެ.
އެހެންކަމުން މިކަމަކީ ޤައުމީ ފެންވަރުގައި ފުޅައުދާއިރާއެއްގައި ބަހުސްކޮށް ގޮތެއް ނިންމަންޖެހިފައިވާ ކަމެކެވެ. ހައްލު ހޯދަންޖެހިފައިވާ މައްސަލައެކެވެ. ނޫންނަމަ މިޤައުމުގައި އެއްވެސް އަމާންކަމެއް މިހާރަކު ނެތެވެ.