އަންހެނުން ފަލަވެ ބަރުދަން އިތުރުވުމަކީ ދަރިން ލިބުމަށް ހުރަހެއް- ދިރާސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އަންހެނުން ފަލަވެ ބަރުދަން އިތުރުވުމަކީ ދަރިން ލިބުމަށް ހުރަހެއް- ދިރާސާ
އަންހެނުން އާދައާ ޚިލާފަށް ފަލަވެ ބަރުދަން އިތުރުވުމަކީ ދަރިމައިވުމުގައި މައްސަލަތައް ކުރިމަތިވެ ހުރަސްއެޅޭކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޔޫއޭއީގެ ގިނަ އަދަދެއްގެ ޑޮކްޓަރުން ހިމެނޭ ޓީމަކުން ކުރި ދިރާސާއަށްފަހު ބުނެފައިވަނީ ފަލަވުމަކީ މައްސަލައެއް ކަމަށާއި ޚާއްޞަކޮށް 25 އަހަރާއި 30 އަހަރާއި ދެމެދުގައި ފަލަވުމަކީ އާދައާއި ޚިލާފަށް ބޮޑު މައްސަލައެއް ކަމަށެވެ.

"ފަލަވީމާ ދަރިން އަށަގަތުމުގަ މައްސަލަތައް ކުރިމަތިވޭ. އެންމެންނަކަށް އެއްކަމެއްގައިވެސް އެއް ގޮތެއް ނުވާނެ. އިސްތިސްނާ ތިބޭނެ. ނަމަވެސް ދިރާސާ އިން މިއެނގެނީ ފަލަ އަންހެނުންނަށް އަލަށް ދަރިއަކު ލިބުމުގަ މިއީ ވަރަށް ބޮޑު މައްސަލައެއްކަން."

ދިރާސާގައި ބުނެފައިވަނީ ދަރިމައިވެވެނީ އަންހެން މީހާގެ ހަށިގަނޑުގެ ގިނަ ކަންތައްތަކެއް އެކަމަށް "ފިޓްކޮށް" ހުރުމުން ކަމަށެވެ. އަދި ފަލަވުމަކީ އިތުރު ބައިތަކަށް ވެސް އެކަމުގެ ބާރު ފޯރައި ދަރިން އަށަގަތުމަށް މައްސަލަތައް ކުރިމަތިވާ ކަމެއް ކަމަށެވެ.

މިދިރާސާގައި ވަނީ ދަރިން ދެކެލޯބިވާނަމަ ފަލަ ނުވުމަށް ބާރު އަޅައިފައެވެ. "ފަލަވިމާ ހަކުރުބަލީގެ މައްސަލަ އެބަ ކުރިމަތިވޭ، އެހެން ބަލިތައްވެސް އެބަގިނަވޭ. އެކަންކަމުގެ އަސަރު ބަނޑުގައި އޮންނަ ދަރިފުޅަށް ކުރޭ. މިއީ ޔަޤީންކަންކަން. އެހެންވިމާ ދަރިން ދެކެލޯބިވާނަމަ، ދަރިންނަށް ސަލާމަތް ޞިއްހަތަކަށް އެދޭނަމަ މައިން ފަލަވުމުން ސަލާމަތްވާންޖެހޭނެ."

ދިރަސާގައި ބުނެފައިވަނީ މެދުއިރުމަތީގެ ޤައުމުތަކުގައި ދަރިމައި ނުވުމުގެ މައްސަލަތައް ކުރިމަތިވާ އެންމެ ބޮޑު ސަބަބަކީ ޅަ އުމުރުގައި މައިން ފަލަވުން ކަމަށެވެ.
މިއަދު އޮންލައިން