ހައުސިންގ މިނިސްޓްރީގައި ހުރި މިލިއަނަކަށް ވުރެ ގިނަ ކުރެހުންތައް ޑިޖިޓަލްކޮށް އާކައިވްކުރަން ހަވާލުކޮށްފިއެވެ.
ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ ގެދޮރު އެޅުމަށްޓަކައި ފާއިތުވި 40 ވަރަކަށް އަަހަރުތެރޭގައި ފާސްކޮށްފައިވާ ކުރެހުންތަކުގެ އަދަދު މިލިއަނަކަށްވުރެ ގިނަ ކަމަށެވެ. އެހެންކަމުން އެކުރެހުންތައް އާކައިވްކޮށް ސިސްޓަމެއްގެ ތެރެއިން ފެންނަން ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.