ފަތުރުވެރިންނާއި މެހްމާނުން ރާއްޖޭގެ ހަޤީޤަތް ހާމަކުރަނީ ވަރަށް ފުރިހަމައަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ފަތުރުވެރިންނާއި މެހްމާނުން ރާއްޖޭގެ ހަޤީޤަތް ހާމަކުރަނީ ވަރަށް ފުރިހަމައަށް!
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނާތީ އެކަމަށް ކެތް ނުކުރެވޭ ބައަކު އުޅުނު ނަމަވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި މެހްމާނުން ރާއްޖޭގެ ހަޤީޤަތް ހާމަކުރަމުން އެގެންދަނީ ވަރަށް ފުރިހައަށެވެ.

އަދާވާތްތެރިންގެ ނުފޫޒު ހިނގާ ބޭރުގެ ކުލީ މީޑިއާތަކުން މިއަދު ހިންގާ ކެންޕޭނަކީ 2015 ވަނަ އަހަރު ހަމަ އެމީޑިއާތަކުން ހާމަކުރި ސީރިޔާގެ ވީޑިއޯގެ ޚަބަރު އަލުން މިއަދު ދައުރުކުރަން ފެށުމެވެ. ރާއްޖެއަކީ ޓެރަރިސްޓުންގެ ހާއްޔެއް ކަމަށް ދުނިޔެއަށް ދެއްކުވުމަށެވެ. ނަމަވެސް އެއީ ކާމިޔާބު ކުރެވޭނެ ކަމެއް ނޫނެވެ.

ރާއްޖޭގެ ހަޤީޤީ މައުލޫމާތު ދުނިޔޭގެ މީޑިއާތަކުން ހާމަކުރަމުން ގެންދަނީ މާފުރިހަމައަށެވެ. ދުނިޔޭގެ މައި ޗެނެލްތަކުންނާއި ސޯޝަލް މީޑިއާތަކުގައެވެ.

ސްމާޓް ފޯނެއް އަތުގައި އޮތް ކޮންމެ މީހަކީ މިއަދު ނޫސްވެރިއެކެވެ. ރާއްޖޭގެ ހަޤީޤީ ޚަބަރުތައް ހާމަކުރަމުން އެގެންދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ގެންދާ ފަތުރުވެރިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ މެހްމާނުންނެވެ. ދުނިޔެ ބަލައިގެންފައިވާ މަޝްހޫރު ސްޕަރސްޓާރުންނެވެ.
ރާއްޖެއަކީ ހުރިހައި ގޮތަކުން ބެލި ނަމަވެސް ފަތުރުވެރިންނަށް އެންމެ އަމާން ޤައުމެވެ. ފަތުރުވެރިންނަށް އެންމެ މިނިވަން ޤައުމެވެ. ފަތުރުވެރިންނަށް އެންމެ ފުރިހަމައަށް އެންމެ ފުރިހަމައަށް މެހްމާން ދާރީ އަދާކުރާ ޤައުމެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގެ މަގުތަކަކީވެސް ފަތުރުވެރިންނަށް އެންމެ އަމާން މަގުތަކެވެ. ރިޒޯޓްތަކާއި ގެސްޓްހައުސްތަކަކީ އެންމެ އަމާން މާހައުލެވެ. އެކަން ބަޔާންކުރަމުން ގެންދަނީ ފަތުރުވެރިންނާއި މެހްމާނުންނެވެ.

ރާއްޖެއަށް ޒިޔާރަތް ކުރުމުން ރާއްޖޭގެ ހަޤީޤަތް ވަރަށް ފުރިހަމައަށް އެނގިގެންދެއެވެ. ހައްދުފަހަނައަޅާފައިވާ ހަމައެކަކުވެސް ރާއްޖޭގައި ނެތްކަންވެސް އެނގިގެންދެއެވެ. އަދި މިސަރުކާރަކީ އެފަދަ އެއްވެސް ކަމަކަށް ފުރުޞަތު ދޭނެ ސަރުކާރެއް ނޫންކަންވެސް ޔަޤީންވެގެންދެއެވެ. ދިވެހިރައްޔިތުންނަކީ އެއްވެސް ހާލެއްގައި އެއްވެސް ކަމެއްގައި ހައްދުފަނައަޅައިދާނެ ބައެއް ނޫނެވެ.

ތެދެކެވެ. ދިވެހިންނަކީ މުސްލިމުންނެވެ. ސިޔާސީ ބޭނުންތަކަށްޓަކައި ދީން ހަތިޔާރަކަށް ނަގައި ބައެއް ޤައުމުތަކުން ރާއްޖެއަށް ބިރު ދެއްކި ނަމަވެސް އެބައަކު އިޚްތިޔާރުކުރާ ދީނެއްގައި އެބައަކު ތިބުމަކީ ދުނިޔެ އެކަމަށް ތާއީދުކުރާ ކަމެކެވެ. ދިވެހިން މިތިބީ މީގެ 889 އަހަރު ކުރިންސުރެ މާތްވެގެންވާ އިސްލާމް ދީން އިޚްތިޔާރުކޮށްގެންނެވެ. އެގޮތުގައި ށާބިތުކަމާއިއެކު ދެމިތިބުމަށް އަޒުމް ކަނޑައަޅައި ޤާނޫނުތައްވެސް ފާސްކޮށްގެންނެވެ. އެހެންކަމުން ދިވެހިން ތިބެން ބޭނުންވާ ގޮތަށް ދިވެހިން ތިބުމަކީ ބުއްދި ސަލާމަތުންހުރި އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ.
މިއަދު އޮންލައިން