ރޭގަނޑުގެ ދަތުރު ތަކުގައި މަތިންދާ ބޯޓުގެ އަލި ފަނޑު ކުރަނީ މިސަބާހެދި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
ރޭގަނޑުގެ ދަތުރު ތަކުގައި މަތިންދާ ބޯޓުގެ އަލި ފަނޑު ކުރަނީ މިސަބާހެދި
ދަތުރުގެ މަންޒިލާ ހަމައަށް ސަލާމަތުން ވާސިލު ވުމަކީ ކޮންމެ ދަތުރު ވެރިއަކުވެސް އުންމީދު ކުރާނެ އެންމެ ބޮޑު އުންމީދެވެ.

މަތިންދާ ބޯޓު ދަތުރަށް ފަށާހިނދު، ބޯޓުގެ ކުޑަދޮރުތަކުގެ ފަރުދާ މައްޗަށް ނަގާފައި ބެހެއްޓުމަށް، ކެބިންކުރޫއިން އަބަދުވެސް އިރުޝާދު ދެއެވެ. ހަމަ މިއާއެކު ރޭގަނޑުގެ ވަގުތުތަކުގައި ދަތުރަށް ފުރަމުން، ބޯޓުގެ އަލި ފަނޑު ކޮށްލައެވެ.

މިކަމާބެހޭ ގޮތުން ދަތުރުވެރިންގެ ހިތުގައި ސުވާލު އުފެދިދާނެއެވެ. އެއްބަޔަކަށް އެކަމަކީ އެހާ މުހިންމު ކަމަކަށް ނުވެދާނެއެވެ. އަނެއްބަޔަކު އެކަމާ މެދު ވިސްނައިފާނެއެވެ.

ކޮންމެއަކަސް ރޭގަނޑުގެ ވަގުތު ތަކުގައި، ދަތުރަށް ފަށަމުން، ބޯޓުގެ ބޮކިތަކުގެ އަލި ފަނޑުކޮށްލަނީ ހަމަ ދަތުރުވެރިންނާއި ބޯޓުގެ ސަލާމަތަކަށް ޓަކައެވެ.

ބޮކިތަކުގެ އަލި ފަނޑު ކޮށްލުމުން ބޯޓުން ދަތުރުކުރާ މީހުންގެ ލޯތައް އަނދިރީގެ ތެރެއަށް ހޭނިގަތުމަށް ފުރުސަތު ލިބެއެވެ. މިކަމުގެ ސަބަބުން ކަރަންޓު ކެނޑުންފަދަ ނުވަތަ ބޯޓު ތެރޭގައި ދުން އުފެދުން ކަހަލަ ކުއްލިއަކަށް ދިމާވެދާނެ ފަދަ ކަންކަމުގެ ސަބަބުން ބޯޓު ދޫކޮށްލަން ޖެހުނަސް އެކަމަށް ވަގުތުން ދަތުރުވެރިޔާ އަށް އަމަލު ކުރަން ފަސޭހަ ވާނެއެވެ.

ބޯޓު ދޫކޮށް ދާންޖެހޭ ވަގުތު ބޯޓުގެ ދޮރުތައް ފާހަގަ ކުރަން ފަސޭހަ ވާނެއެވެ.

" ކޮކްޕިޓް ކޮންފިޑެންޝަލް" ލިޔުއްވި ލިޔުންތެރިއާ ކަމަށްވާ ޕައިލެޓް ޕެޓްރިކް ސްމިތު، ބޯޓުގެ އަލި ފަނޑު ކުރުމާ ބެހޭ ގޮތުން ވިދާޅުވެފައިވަނީ ދިމާވާ ކުއްލި ހާދިސާއެއްގެ ސަބަބުން ނަމަވެސް ބޯޓު ދޫކޮށްލަން ޖެހޭ ހާލަތް ތަކުގައި ،އެމެޖެންސީގައި ދިއްލާ ނިޝާންތައް ދަތުރުވެރިންނަށް ރީތިކޮށް ފެނުމަށް އެކަމުގެ ސަބަބުން އެހީލިބޭ ކަމަށެވެ.

މިކަމަށް އިޝާރާތް ކުރައްވަމުން ސްމިތު ސުވާލުކޮށްފައިވަނީ އަލި ގަދަ ތަނެއްގެ ތެރޭގައި އުޅެނިކޮށް ކުއްލިއަކަށް ހުރިހާ ބޮކިތަކެއް ނިއްވާލާ އަނދިރި ކޮށްލުމަށްފަހު އެތަނަކުން ބޭރަށް ނިކުތުމަށް އިރުޝާދު ލިބޭ ވަގުތު ދެން ކަންކަންވާނީ ކިހިނެއްކަން އެނގޭ ހެއްޔެވެ؟

އޭނާ ލިޔެފައިވާ ގޮތުގައި ރޭގަނޑު ގެ ވަގުތުތަކުގައި މަތިންދާ ބޯޓު، ދަތުރަށް ފުރަމުން ބޯޓުގެ އަލި ފަނޑު ކުރަނީ އިސްވެ ދެންނެވުނު ސަބަބަށް ޓަކައެވެ.

ދަތުރު މަތީގައި ނުރައްކާތެރި ހާދިސާއެއް ހިނގާ ވަގުތު، ސަލާމަތުން ރައްކާތެރި ކަމާއެކު އަވަހަށް ބޯޓު ދޫކޮށްލަން ޖެހޭ ހާލަތް ތަކުގައި މިފަދަ ކަންކަން އެނގިފައި ހުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.
މިއަދު އޮންލައިން