ބައަކު ގޮސް ކޮޅުމަޑުލު ވިލުފުށްޓަށް ނިޞްބަތްވާ ޤާސިމް ޝާހިދު އާއި ރަޒީނާ އިބްރާހީމްގެ ހަށިގަނޑު ދެތަންކުރަންދެން ދެ ލޯބިވެރިން ތިބީ އެކުގައެވެ. ދެމީހުންގެ ހަށިގަނޑު ވަކިކުރީ ދެމީހުން ވެސް މަރުވެފައި ތިބިކަން އެނގުމުން މިއަދު މެންދުރުއެވެ. އެ އިރުވެސް ރަޒީނާގެ ބޯ އޮތީ ޤާސިމްގެ އަތްމަތީގައެވެ.
މިކަމުން އަންގައިދެނީ ދެމަފިރިންވެސް އެންމެ ފަހު ނޭވާ ދޫކޮށްލާފައިވަނީ ހަމަ ނުހަނު ލޯބިން އެކުގައި ތިބެ ކަމެވެ. ނުއެނގެނީ ނިޔާވި ވަގުތާއި ހާލަތެވެ. ޤަބޫލުކުރެވޭ ގޮތުގައި ނިޔާވެފައި އެވަނީ ނިދީގައެވެ. އެއްވެސް ނުތަނަވަސް ކަމެއްގައި ނިޔާވިނަމަ މަންޒަރު އެގޮތަށް ފެނުން އެކަށީގެން ނުވާތީއެވެ.
ދެމަފިރިން ދިރިއުޅެމުން ގެންދިއައީ 3 ދަރިންނާއިއެކުގައި ކަަމަށްވުމުން ރޭ ދެމަފިރިން ނިދީ ކިހާއިރަކުކަން ވަނީ ނުއެނގިފައެވެ. ޝައްކެއްވެގެން ބެލީ މިއަދު މެންދުރާއި ކައިރިވިއިރުވެސް ދެމަފިރިން ނުހޭލުމުންނެވެ. އާއިލާގެ މީހުން ކޮޓަރިއަށް ވަނީ އެމީހުންގެ ތުއްތު ދަރިފުޅު ކޮޓަރިއަށް ވައްދައި ގޮވުމުންވެސް ނުހޭލުމުންނެވެ.
ދެމަފިރިން ނިޔާވުމާއި ގުޅިގެން ޢާއިލާގެ މީހުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ދެމަފިރިންނަކީ އަޚްލާޤީ ގޮތުން ނަމޫނާ ދެމަފިރިންނެވެ. ވަރަށް ލޯބިން އެކުގައި ދިރިއުޅޭ ދެމަފިރިންނެވެ.
ދުނިޔޭގައި ފިރިމީހާއަށް ކިޔަމަންތެރިކަމާއި ވަފާތެރިކަމާއިއެކު ދިރިއުޅުނު ނަމަ، އަދި އެއަންހެނަކީ ރޯދަހިފައި ނަމާދު ފުރިހަަމަކޮށްފައިވާ އަންހެނެއް ނަމަ އެ އަންހެނަކަށް އެ އަންހެނަކު ވަންނަން ބޭނުން ދޮރުކޮޅަކުން ސުވަރުގެ ވަނުމުގެ ފުރުޞަރު މާތްﷲ ދެއްވަވާނެކަން ބަޔާންކުރައްވައި ޝައިޚް މަންޞޫރު ދަރުސް ދެއްވެވީ މިދިއަ ހުކުރު ދުވަހުއެވެ. ރަޒީނާއަކީ އެފަދަ އަންހެނެއް ކަމަށް ޢާއިލާއިން އެގެންދަނީ ހާމަކުރަމުންނެވެ. ދެމަފިރިންގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވަވާށި! އާމީން.
ޝާހިދުގެ ހަރުދަނާކަން އެންމެ ބޮޑަށް ހާމަވާ އެއްސަބަބަކީ އޭނާ ވަޒީފާ އަދާކުރާ ކުރުނބާ މޯލްޑިވްސްގައި މެދު ނުކެނޑި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށް ކުންފުނީގެ އެންމެ އިސް ކެޕްޓަންގެ މަޤާމުގައި ހުރުމެވެ.
މީގެ ތަންކޮޅެއް ކުރިއަށް ބަަލއިފިނަމަ ޚާލިދު އާއި ސިއްތީގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އެ ހާދިސާގައި ދެމަފިރިން ދުނިޔެދޫކުރެއްވީ އެއް ދުވަހަކުއެވެ. ނަމަވެސް ޝާހިދު އާއި ރަޒީނާ ފަދައިން އެކުއެކުގައެއް ނޫނެވެ.
ޝާހިދު އާއި ރަޒީނާގެ ހަށިގަނޑު އަދި އޮތީ މޯޗަރީގައެވެ. ފުލުހުން ކުރަމުންގެންދާ މަސައްކަތްތައް ފުރިހަަމަކުރެވެންދެންނެވެ. ހަދަމުން ގެންދާ ޓެސްޓްތައް ނިމެންދެންނެވެ. ފުލުހުން ބުނީ އިތުރު ގޮތެއް ނިންމާނީ ޓެސްޓްތައް ނިމުމުން ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ދެމަފިރިންގެ ހަށިގަނޑަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން ޓެސްޓްތައް ނިމެންދެން ބެލެވޭނީ ދެމަފިރިން ދުނިޔެ ދޫކުރީ ޤްދްރަތީ މަރެއްގައި ކަމަށެވެ.
ޢައިލާއަށް ލިބިފައިވާ ހިތާމައިގެ ސަބަބުން އަދި މައުލޫމާތުތައް ލިބެނީ ވަަރަށް މަދުންނެވެ. ކަންކަން ހަމައަކަށް އެޅުމުން އިބްރަތްތެރި ފިލާވަޅުތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
އަޅުގަނޑުމެންގެ އަޚްލާޤަށާއި ދިރިއުޅުމަށް ދަނީ ބަދަލުތަކެއް އަންނަމުންނެވެ. ނަމަވެސް ތެދުވެރި ލޯބި އަދިވެސް ދިރި ދެމިހުރިކަން މިދަނީ ހާމަވަމުންނެވެ. ރިވެތި އަޚްލާޤީ ނަމޫނާކަމަށް ބަލައިގަންނަންޖެހޭ އެތައް ބައަކު އަދިވެސް ހަމަ ވަރަށް އުފަލުގައި ދިރިއުޅެމުން ގެންދާކަންވެސް މިދަނީ ހާމަވަމުންނެވެ.