ގުޅުން ބަދަހިކުރާނީ މުސްލިމް ޤައުމުތަކާ- ރާއްޖެއަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ: ރައީސް ޔާމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ގުޅުން ބަދަހިކުރާނީ މުސްލިމް ޤައުމުތަކާ- ރާއްޖެއަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ: ރައީސް ޔާމީން
ރާއްޖެއިން މުސްލިމް ޤައުމުތަކާއި ގުޅުން ބަދަހިކުރައްވާނެ ކަމަށާއި ރާއްޖެއަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވަނީ ދާދިފަހުން ވިދާޅުވެފައެވެ. އެކަން ރައީސް ޔާމީން ވަނީ ޢާންމުކޮށް އިއުލާނުކުރައްވައިފައެވެ.

ރައީސް ޔާމީންގެ އެނިންމެވުމަކީ ވަރަށް މުހިންމު ނިންމެވުމެއްކަމަށް ދިވެހި ރައްޔިތުންގެ ގިނަބައަކު ޤަބޫލުކުރެއެވެ. އެނިންމެވުމާއިމެދު އުފާކުރެއެވެ. ސަބަަބަކީ ދިވެހި ރައްޔިތުންނަކީ މުސްލިމުން ކަމަށްވާތީއެވެ. މުސްލިމުން އެމީހުންގެ އެންމެ ގާތް ބައެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނީ މުސްލިމުން ކަމަށްވާތީއެވެ!

މުސްލިމުން، މުސްލިމުންނަށް އެހީވުމަށްފަހު އަގެއްގެ ގޮތުން އިސްލާމް ދީނާއި ދުރުހެލިވުމަށް ނުއަންގާނެތީއެވެ. އެއް ޖިންސުން ކައިވެނިކުރުން ހުއްދަކުރަން ނުއަންގާނެތީއެވެ. ދީނީ މިނިވަންކަން ނުދީފިނަމަ އަދަބު ނުދޭނެތީއެވެ.

މުސްލިމުން، މުސްލިމުންނާއި ގުޅުން ބަދަހިވުމަށް މުސްލިމުންގެ އަދުއްވުން ދުވަހަކުވެސް ނުއެދޭނެއެވެ. އެއީ ދުނިޔެ ފެށުނީންސުރެ އެކަން ހިނގަމުން އަންނަ ގޮތެވެ. މުސްލިމުންގެ މެދުގައި ފިތުނަ އުފައްދުވައި ހަމަނުޖެހުންތައް އުފެއްދުމަށް ޝައިޠާނާ އަބަދުވެސް ބޭނުންވާނެއެވެ. އެހެންކަމުން ޝައިޠާނާގެ ބައިވެރިން ޝައިޠާނާއަށް އަބަދުވެސް މަދަދުވެރިވާނެއެވެ. ޝައިޠާނާގެ ފިކުރުގައި ބައިވެރިވާނެއެވެ. މުސްލިމުން އަަބަދުވެސް ތިބެންޖެހޭނީ އެކަމަށް ސަމާލުކަންދީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.

މިއީ ވަކި މީހަކު ބުނާ ބަސްތަކެއް ނޫނެވެ. އިސްލާމް ދީނުން މިކަން ފެންނަން އޮތްގޮތެވެ.

މިކަންކަން ހާމަކުރަންޖެހުނީ މިއަދު ކުރިމަތިވި ކަންކަމުގެ ސަބަބުންނެވެ. މިއަދު އެންމެ ގަދައަށް ދެކެވޭ އެއްވާހަކައަކީ ސައުދިއަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން އަންދުލްޢަޒީޒް ރާއްޖެ ވަޑައިގަންނަވާ ދުވަހު އެމަނިކުފާނާއި ދެކޮޅަށް ވަރަގަދައަށް އިހްތިޖާޖް ކުރުމުގެ ވާހަކައެވެ.

ދުލުންދައްކަމުން ގޮސް ކެތް ނުކުރެވިގެން ސޯޝަލް މީޑިއާގައިވެސް އެ އިހްތިޖާހެއްގެ ވާހަކަތައް މިއަދު ވަނީ ފަތުރައިފައެވެ.

ސަލްމާން ރަސްގެފާނާއި ދެކޮޅަށް އިހްތިޖާޖްކުރަންޖެހޭ ސަބަބެއް ބުނެއެއް ނުދެވެއެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ މިސްކިތްތައް އަޅުއްވައިދެއްވާތީތޯއެވެ؟ ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމް ފަތުރަން އެހީތެރިވެދެއވާތީތޯއެވެ؟ އަޅުގަނޑުމެންގެ ދަރިންނަށް އަރަބި އިސްލާމީ ތައްލީމު އުނގަންނައިދޭނެ މުދައްރިސުން ފޮނުއްވައިދެއްވާތީތޯއެވެ؟ ނޫނީ މާލީ އެހީތެރިކަން ފޯރުކޮށްދެއްވާތީތޯއެވެވެ؟

ރަމަޟާންމަހު ކަދުރު ދެއްވާތީީތޯއެވެ؟ އެ ކަދުރު ޞަދަޤާތް ފައުންޑޭޝަނުން ބަހައިދޭތީތޯއެވެ؟ ކަދުރަކީ ސަލްމާން ރަސްގެފާނުގެ ނުވަތަ ސައުދިއަރަބިޔާގެ އެކަނި މިލްކެއް ނޫނެވެ. ކަދުރު ލިބެންހުރި ޤައުމުތައް ވަރަށް ގިނައެވެ. އިނގިރޭސި ސަރުކާރުގެ އެހީގައި ގެނެސް ހަރުގެއިންވެސް ބެހިދާނެ ނޫންތޯއެވެ؟ ސައުދިއަރަބިޠާއިން ދެނީ އެންމެ 50 ޓަނުގެ ކަދުރެވެ. 5000 ޓަނު ގެނެސް ބަހައިލަންވީ ނޫންތޯއެވެ؟ އެކަމަށް ހުރަސް އަޅާނެ ހަމައެކަކުވެސް މިރާއްޖެއަކު ނެތެވެ.

ދެން އޮތީ ސައުދިއަރަބިޔާއިން ރާއްޖޭގައި އިންވެސްޓްކުރުމެވެ. ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތަކީ އާންމުކޮށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. ސަރުކާރުން ގެންދަނީ ވީހައި ގިނަ އިންވެސްޓަރުން ހޯދަން މަސައްކަތްކުރަމުންނެވެ. އިންވެސްޓަރަކު ލިބެތޯ އަތްފުނާއަޅަމުންނެވެ.

އެހެންކަމަށްވާއިރު ސައުދީ ރަސްގެފާނު ނުވަތަ ސައުދިއަރަބިޔާއިން ރާއްޖޭގައި އިންވެސްޓްކުރުމަކީ ކަންބޮޑުވުމުގެ ބަދަލުގައި މަރުހަބާކިޔަންޖެހޭނެ ކަމެކެވެ. ރައްޖޭގައި މުސްލިމް ޤައުމުތަކުން އިންވެސްޓްކުރުމަކީ ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުމެވެ.
މިއަދު އޮންލައިން