ރާއްޖެ އާ ހައްދުފަހަނައަޅައިދިއުމާ ގުޅުވަނީ ކުލީ ގަލަންތަކުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ރާއްޖެ އާ ހައްދުފަހަނައަޅައިދިއުމާ ގުޅުވަނީ ކުލީ ގަލަންތަކުން!
ރާއްޖެ އާއި ޖިހާދާއި ގުޅުވައިގެން ވާހަކަތައް ފަތުރަނީ ކުލީ ހަލަންތަކުންނެވެ. ޑިމޮކްރަސީގެ ނަމުގައި ވާހަކަތައް ފަލަސުރުޚީގައި ލިޔުއްވަނީ ޑިމޮކްރަސީ އާއި ޚިލާފަށް ރާއްޖޭގައި ކަންތައްތަކެއް ކުރުވަން ބޭނުންވާ މީހުންނެވެ. ރާއްޖެ އާއި ޖިހާދާއި ގުޅުވައިގެން ލިޔާ ކޮންމެ ލިޔުމެއްގައި ހުޅަނގުގެ ފަތުރުވެރިންނަށް ރާއްޖޭގެ ހާލަތު ނުއެނގޭކަމަށް ލިޔަނީ ރާއްޖޭގެ އިޤްޠިޞާދަށް ހުރަސް އަޅައި ދިވެހިން ބަނޑަށް ޖައްސުވައިގެންވެސް ވެރިކަން ބޭނުންވާ ބައެކެވެ.

ރާއްޖޭޭގައި ހައްދުފަހަނައަޅައި ދިއުން ނެތްކަމާއި އަދި ރާއްޖެއަކީ ޖިހާދަށް ހިތްވަރުދޭ ޤައުމެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ ހުޅަނގުގެ ފަތުރުވެރިންނަށެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން މިއަދު ތިބެނީ ހަމައެކަނި ރިޒޯޓުތަކުގައެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ރަށްތަކެއްގައެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށަކީ ފަތުރުވެރިންނަށް ޢާންމުކޮށް ހުޅުވާލެވިފައިވާ ރަށެކެވެ. އެހެންވީމާ ރާއްޖޭގައި ފަތުރުވެރިންނަށް ސިއްރުކުރެވިފައިވާ ހަމަ އެއްވެސް ކަމެއް ނުހިނގައެވެ.

ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކުވެސް ރާއްޖެ އާއިމެދު ފަޚުރުވެރިވެއެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތް ނަމަވެސް ރާއްޖެއަކީ ފަތުރުުވެރިންނަށް މަރުހަބާ ކިޔައި އެހީތެރިވުމުގައި ދުނިޔެއަށް ނަމުނާ ޤައުމަކަށްވާތީއެވެ. ތުނބުޅި ބަހައްޓައި އަދި މޫނު ނިވާކޮށްގެން ބައަކު އުޅުނު ނަމަވެސް އެމީހުންނަކީވެސް ފަތުރުވެރިންނާއި ގާތް ގުޅުމެއް ބަހައްޓާ އަދި އެހީތެރިވާ ބައަކަށްވާތީއެވެ. ހަރުކަށި ފިކުރުގެ ބައަކު ރާއްޖޭގައި ނެތުމުންނެވެ.

ޒަމާނުންސުރެ ދިވެހިންނަކީ ޞުލްޙައަށް ލޯބިކުރާ އަދި ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގައި ދުނިޔެއަށް ނަމޫނާ ބައެކެވެ. އެކަން އަދި މިއަދާއި ހަމައަށްވެސް ދިވެހިން ދަނީ ސާބިތުކަމާއިއެކު ދައްކައިދެމުންނެވެ. ދިވެހިން ތިބީ ހަމަ އެގޮތުގައެވެ.

ރާއްޖޭގައި ފަތުރުވެރިންނާއި ދެކޮޅަށް އެއްވެސް ކަމެއް ކުރާނަމަ އެކަން ކުރާނީ އިންތިޚާބަކާއި ނުލައި ރާއްޖޭގެ ވެރިކަމަށް އައުމަށް މަސައްކަތްކުރަމުން ގެންދާ ފަރާތްތަކުންނެވެ. އެމީހުންނަކީ އަބަދުވެސް ރާއްޖެ ބަނޑަށް ޖައްސުވައި ޜާއްޖެއަށް ފިއްތުންތައް ކުރިމަތިކުރުވައިގެން ރާއްޖޭގެ ވެރިކަން ހޯދަން މަސައްކަތްކުރާ ބައަކަށްވާތީއެވެ. އެމީހުންނަކީ ދިވެހިންގެ ވޯޓުގެ ބަދަލުގައި ޔަހޫދީންގެ ވޯޓުގައި ވެރިކަމަށް އަންނަން މަސައްކަްތކުރާ ބައަކަށްވަތީއެވެ.

ރާއްޖޭގެ ޤާނޫނު އަސާސީ އެކަމަށް ފުރުޞަތެއް ނުދެއެވެ. ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރަނީ ދިވެހިން ވޯޓުލައިގެންނެވެ. ޔަހޫދީން ވޯޓުލައިގެނެއް ނޫނެވެ. ދިވެހިން ތާއީދުކުރަނީ އަދި ބޭނުންވަނީ ފަލަސްޠީނަށް އަނިޔާވްެރިވުމުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީންނާއި ގުޅުން ބަދަހިކުރާކަށް ނޫނެވެ، ޑިމޮކްރަސީ އެއިގެ އަޞްލާއި އެއްގޮތަށް ބަލައިގަނެ ނަގަހައްޓާ އެންމެންނާއިއެކު ގުޅުން ބަދަހިކުރުމަށެވެ.

މިކަންކަން އޮޅުވައިލުމަށް ޔަހޫދީންގެެ ފައިސާއިން އަގުދީގެން ރާއްޖެއާއިމެދު ހަޤީޤަތާއި ޚިލާފް ލިޔުންތައް އަބަދުވެސް ގެންދަނީ ލިޔުއްވަމުންނެވެ. އެގޮތަށް ދޮގު ލިޔުންތައް ލިޔުއްވައިގެން ރާއްޖޭގެ ހަޤީޤަތް ދުނިޔެއަށް އޮޅުވައިލުމަށެވެ. ނަމަވެސް އެއީ މާތްﷲ ވާގިފުޅާއިއެކު ކާމިޔާބުކުރެވޭނެ ކަމެއް ނޫނެވެ. ދިވެހިންގެ ހުރިހާ ހަޤީޤަތެއް ހަަމަ ބުއްދީގައި ތިބި އެންމެންނަށް ވަރަށް ރަނގަޅަށް އެނގޭތީއެވެ.

މިއަދު އޮންލައިން