ކެޓް ސްޓީފަންސް އާ އަލީ ރަމީޒް އިރާދަކުރެއްވިއްޔާ ދުވަހަކުވެސް އެއް ނާޅިއަކުން ނުމިނޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކެޓް ސްޓީފަންސް އާ އަލީ ރަމީޒް އިރާދަކުރެއްވިއްޔާ ދުވަހަކުވެސް އެއް ނާޅިއަކުން ނުމިނޭނެ!
އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކެޓް ސްޓީފަންސް އާއި އަލީ ރަމީޒް މާތްﷲ ވާގިފުޅާއިއެކު ދުވަހަކުވެސް އެއް ނާޅިއަކުން ނުނިމޭނެއެވެ.

ކެޓް ސްޓީފަންސްއަކީ އިސްލާމްވެ އޭނާގެ ނަމަކަށް ޔޫސުފް އިސްލާމް އިޚްތިޔާރުކުރި މީހެކެވެ. ޖެހިގެން އައި 1979 ވަނަ އަހަރު އޭނާ ވަނީ އޭނާ ގެންގުޅުނު ހުރިހާ މިޔުޒިކް ކުޅޭ ސާމާނުތައް ނީލަން ކިޔައި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ހަދިޔާކޮށްފައެވެ.

އެއަށްފަހު 2006 ވަނަ އަހަރު އޭނާ ވަނީ އޭނާ ކުރިން ކުރަމުން އައި މަސައްކަތް، ލަވަކިޔުމަށް އެނބުރި ރުޖޫއަވެފައެވެ. މިހާރު ދަނީ އަލްބަމްތައް ނެރެމުންނެވެ. ލަވަކިޔަން ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކުރަމުންނެވެ.

އޭނާ އާއި ޢަލީ ރަމީޒާއި އެއްވަރުކުރަން ނުވަތަ އަލީ ރަމީޒް އެނބުރި ލަވަކިޔަން ފަށައިފާނެ ކަމަށް ބަލައި ބޭރުގެ ބައެއް ސައިޓުތަކުން ގެންދަނީ މަސައްކަތްކުރަމުންނެވެ. އެފަދަ ސައިޓުތަކުގައި ލިޔެފައިވަނީ ކެޓް ސްޓީފަންސް "ރެޑިކަލް" އިސްލާމް ދީނަށް ވަނީ ކަމަށެވެ. އެހެންކަމުން އެފަދަ ސައިޓުތަކުން އިސްލާމް ދީނާއިމެދު ދެކޭ ގޮތް އެވަނީ ވަރަށް ރަނގަޅަށް ހާމަވެފައެވެ.

އެސައިޓުގައި ލިޔެފައިވަނީ އަލީ ރަމީޒް މިހާރު ލަވަކިޔުން ހުއްޓައި ރީތި ރާގުތަކަށް ކިޔަވަނީ ކީރިތި ޤްރްއާނުގެ އާޔަތްތައް ކަމަށެވެ. އެހެންކަމާއިއެކުވެސް އަލީ ރަމީޒުގެ މަޝްހޫރުކަން ކުޑަނުވާ ކަމަށެވެ. 350،000 މީހުންގެ އާބާދީއެއް އޮތް ދިވެހިރާއްޖޭގައި އަލީ ރަމީޒްގެ ފޭސް ބުކް ފޮލޮވަރސް 70،000 އެބަތިބިކަމަށެވެ. ޢަލީ ރަމީޒްގެ ޓްވިޓަރ އެކައުންޓް 9000 މީހުން ފޮލޯކުރާ ކަމަށެވެ.

އަލީ ރަމީޒްގެ އަޑުން ކީރިތި ޤްރްއާނުގެ އަޑުއަހާލަން ރާއްޖޭގެ އެންމެންވެސް ބޭނުމެވެ. އަލީ ރަމީޒް ހުށަހަޅައިދޭ ޕްރޮގްރާމްތަކަށްވެސް އެހައިމެ ތާއީދު ބޮޑެވެ. ސޯޝަލް މީޑިއާގައި ހަރަކާތްތެރިނުވާ އެތައް ހާސް ދިވެހިންނަކީވެސް ޢަލީ ރަމީޒުގެ ސަޕޯޓަރުންނެވެ.

މިއަދު އޮންލައިން