މުސްލިމުންގެ ހައްޤުތަށް އަތުލާތީ ކަންބޮޑެއް ނުވޭ- މުސްލިމް ވެރިއަކު ރަނގަޅު ކަމެއް ކުރީމާ ކަންބޮޑުވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
މުސްލިމުންގެ ހައްޤުތަށް އަތުލާތީ ކަންބޮޑެއް ނުވޭ- މުސްލިމް ވެރިއަކު ރަނގަޅު ކަމެއް ކުރީމާ ކަންބޮޑުވަނީ ކީއްވެ؟
އެމެރިކާގެ ރައީސް ޓްރަމްޕް ފަދަ އެތައް ބައަކު އެގެންދަނީ މުސްލިމުންގެ ހައްޤުތަކަށް އަރައިގަނެ މުސްލިމުންގެ ހައްޤުތައް ހިފަހައްޓައި އަދި އަތުލަމުންނެވެ. މިކަންކަމުގެ ޚަބަރުތައް ހާމަކުރުމުން ކަންބޮޑުނުވާ މީހުން މިއަދު ދަނީ މުސްލިމް ޤައުމުތަކުގެ ވެރިން ކުރައްވާ ރަނގަޅު ކަންކަމުގެ ވާހަކަ ލިޔުމުން ކަންބޮޑުވެ ލިޔުނު މީހަކާއި ދިމާކުރަމުންނެވެ.

މިދެންނެވީ މި ދިވެހިރާއްޖޭގައިވެސް ހިނގަމުން އަންނަ ކަންކަމުގެ ވާހަކައެވެ. މިކަމުން އަންގައިދެނީ ކޮން ކަމެއް ކަމާއިމެދު ވިސްނައިލުމަކީ އެންމެންވެސް ކުރަންޖެހިފައިވާ ކަމެކެވެ. ރާއްޖޭގައި އިސްލާމީ ވަންތަކަން ދެމެހެއްޓުމަށްޓަކައެވެ.

ދުބާއީ އަކީ މިއަދު އެންމެ ބާރަށް ކުރިއަރަމުން އަންނަ މުސްލިމް ޤައުމެވެ. އަރަބި ޤައުމުތަކަށް ބަލައިފިނަމަ ތެލާގެ ވިޔަފާރިއަށް ބަރޯސާ ނުވެ ޤައުމުގެ އިޤްޠިޞާދު އެންމެ ބާރަށް ކުރިއަރަމުން އަންނަނީ ދުބާއީގައެވެ.

ހުރިހާ ޤައުމެއްގެ މީހުންނަށް، ހުރިހާ ދީންތަކެއްގެ މީހުންނަށް ދިރިއުޅެން އެންމެ ފަސޭހަ އަރަބި ޤައުމަކީ ދުބާއީއެވެ. އެކަން ހާމަވެގެންދަނީ ޔޫއޭއީއަށް ހިޖުރަކުރާ މިލިއަނަރުންގެ އަދަދުންނެވެ. މިދިއަ އަހަރަށް އެކަނި ބެލި ނަމަވެސް ދުނިޔޭގެ ކަންކޮޅުތަކުން ޔޫއޭއީއަށް ހިޖުރަކުރި މިލިއަނަރުންގެ އަދަދު ވަނީ 5.000 އަށްވުރެ އިތުރުވެފައެވެ. ދެން އެންމެ ގިނަ މިލިއަނަރުން ހިޖުރަކުރީ ޤަތަރަށެވެ. ޤަތަރަށް ހިޖުރަކުރީ 2000 ވަރަކަށް މިލިއަނަރުންނެވެ.

މުޅި ޔޫއޭއީއަށް ބެލި ނަމަވެސް އެންމެ ބާރަށް ތަރައްޤީ ވަމުން އަންނަނީ ދުބާއީއެވެ. ދުބާއީއަށް މިފަދަ ބޮޑެތި ކުރިއެރުންތައް ލިބެނީ ޤައުމުގެ ވެރިކަމުގައި ހުންނެވި ލީޑަރުގެ ކުޅަދާނަކަމުންނެވެ. އިޚްލާޞްްތެރިކަމުންނެވެ.

އަރަބި ޤައުމުތަކަށް ބަލާއިރު ޤައުމުތަކުގެ ވެރިން އެ ތިއްބަވަނީ އެތައް ބައިވަރު ބޮޑީގާޑުންނާއެކު ނޫނީ ގަނޑުވަރުން ބޭރަށް ނުކުމެވަޑައިގަންނަވަން ނުކުޅެދިފައެވެ. ޝައިޚް މަޚްޠޫމް އެގެންދަވަނީ ގިނކަންޏާ މަގުމަތީގައި އުޅުއްވަމުންނެވެ. ހަށިފާރަވެރިންނާއި ނުލައި ގޭގެއަށް ވަޑައިގަންނަވަމުންނެވެ. އާދައިގެ ޝޮޕިންގމޯލްތަކަށް ވަޑައިގަންނަވަމުންނެވެ. ރެސްޓޯރަންޓްތަކަށް ވަޑައިގެން ފަރިއްކުޅުއްވަމުންނެވެ.

މިކަންކަމުން އަންގައިދެނީ ރައްޔިތުން ދެކެ ބިރުފުޅުގަންނަވަން ޖެހިވަޑައިގަންނަވާ އެއްވެސް ކަމެއް އެމަނިކުފާނު ނުކުރައްވަވާ ކަމެވެ. ރައްޔިތުންގެ ފުރިހަަމަ ލޯބި އެމަނިކުފާނަށް އެބައޮތްކަން އެމަނިކުފާނަށް ޔަޤީން ކުރެއްވޭ ކަމެވެ.

ޝައިޚް މަޚްޠޫމް އަކީ މިހާރު ހުރިހާ ގޮތަކުން ބެލިނަމަވެސް ދުނިޔެއަށް ނަމޫނާ ލީޑަރެކެވެ. ޚާއްޞަކޮށް އިސްލާމީ ޤައުމުތަކަށެވެ. ދުބާއީގެ ރައްޔިތުންނަށް އުފާވެރިކަން ހޯއްދަވައިދެއްވަން އެމަނިކުފާނު ހިންގަވާ ޚާއްޞަ ޕްރޮގްރާމްތަކާއި ވަޒީރުންގެ މަޖިލީހަށް ޒުވާން މިނިސްޓަރުން އިތުރުކުރައްވާފައިވާ އަދަދުން މިކަން ވަރަށް ފުރިހަމައަށް ސާބިތުވެއެވެ.

ދުނިޔޭގެ ހުރިހާ ޤައުމުތަކަށް ދައުވަތުދެއްވައިގެން ދާދިފަހުން ދުބާއީގައި ބޭއްވި ދުނިޔޭގެ ތަރައްޤީ އާއި "ގުޑް ގަވަރނަންސް ކޮންފަރެންސަކީ މިހާތަނަށް މުޅިން އަލަށް ކުރި ކަމެކެވެ. އެކަމުގެ ފައިދާ މުޅި ދުނިޔެއަށް ކުރި ކަމެކެވެ.

ކަންކަން އިޞްލާޙްކުރުމަށްޓަކައި ރަނގަޅަށް ކުރެވޭ ކަންކަމާއި ކަންކަން ރަނގަޅަށް ކުރައްވާ ލީޑަރުންގެ ވާހަކަތައް ހާމަކުރަންޖެހެއެވެ. އެއީ ލިޔުންތެރިންގެ މަސްއޫލިއްޔަތެކެވެ. އެކަމަށް ދެކޮޅު ހެދުމުގެ ބަދަލު ހިތްވަރުދޭށެވެ. ލިޔުމެއްގައި ރަނގަޅުކުރަންޖެހޭ ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަން ފާހަގަކޮށްދޭށެވެ. ލިޔުންތެރިންވެސް އެހެން މަސައްކަތްކުރާ މީހުންވެސް ކުރިއަރާނީ ބިނާކުރަނިވި ފާޑުކިޔުންތައް ކިޔައިގެންނެވެ.

މިއަދު އޮންލައިން