ޓެމިލްނާޑޫއަށް ނިސްބަތްވާ މީހަކަށް ޞައްދާމް ހުސަިއންގެ ނަން ދިނީ އޭނާގެ ކާފައެވެ. މިއަދު އޭނާއަކީ ނޫރުލް އިސްލާމް ޔުނިވަރސިޓީން ތައުލިމް ހާޞިލުކޮށްގެން ހުރި މެރިން އިންޖިނޭރެކެވެ. ފާސްވެފައިވަނީ ވެސް އެންމެ މަތީ ދަރަޖައިގައެވެ.
އޭނާ ވަޒީފާއަކަށް އެދި 40 ތަނަށް ސިޓީލުމުންވެސް އޭނާއަށް ޞައްދާމް ހުސައިން ކިޔާތީ ވަޒީފާއެއް ނުލިބުނެވެ. އެނަން ވެފައިވަނީ އެންމެންނަށްވެސް ބިރުވެރި ނަމަކަށެވެ. ނަމަވެސް އެނަން އޭނާއަށް ދިން ކާފަ ކުށްވެރިިކުރަން އޭނާ ބޭނުމެއް ނޫނެވެ.
ކާފަ އޭނާއަށް ސައްދާމް ހުސައިންގެ ނަން ދިންއިރު ޞައްދާމް ޙުސައިން އަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޝަޚްޞިއްޔަތެވެ. އިޒްރޭލު އެންމެ ބިރުގަންނަނީ ޞައްދާމް ހުސައިން ދެކެއެވެ. އެއިރުވެސް މިހާރުވެސް ޞައްދާމް ޙުސައިން އަކީ މުސްލިމުންގެ ގިނަ ބައަކު އެންމެ ފަޚުުވެރިވާ ޝަޚްޞިއްޔަތެވެ.
ޞައްދާމް ޙުސައިން ކުރިކަމަށް އެމެރިކާއިން ބުނާ އެއްވެސް ކުށެއް އެމެރިކާއަށް ޘާބިތުކޮށްދެވިފައެއް ނުވެއެވެ. ނަމަވެސް އެމެރިކާއިން ވަނީ ޞައްދާމް ޙުސައިން ދަންޖައްސުވައިފައެވެ. އަދި އެނަމަކީ ބިރުވެރި ނަމެއްގެ ގޮތުގައި ދުނިޔޭގައި ލިސްޓްކުރުވާފައެވެ. ކުންފުނިތަކުން ވަޒީފާ ދޭން ބިރުގަންނަނީ އެ ސަބަބަށްޓަކައެވެ.
ޞައްދާމް ޙުސައިން ވަނީ އޭނާގެ ނަން ބަދަލުކުރުމަށް ކޯޓަށް ހުށަހަޅައިފައެވެ. މިހާރު ،4 5 އަަހަރު ވަނީއެވެ. ނަމަވެސް ކޯޓުން ފިނިހަކު ސްޕީޑްގައި ކުރިއަށް ގެންދާތީ އަދިވެސް ނަން ބަދަލުކުރެވޭނެ ގޮތެއް ނުވެއެވެ.
ޞައްދާމް ޙުސައިންގެ އުންމީދަކީ އޭނާއަށް ކުރިމަތިވެފައިވާ މައްސަލަ ކޮންމެވެސް ގޮތަކަށް ހައްލުވުމެވެ. އޭނާއަށް ވަޒީފާއެއް ލިބޭނެ ގޮތް މެދުވެރިވުމެވެ. އޭނާ އަކީވެސް އާމްދަނީއެއް ލިބި ދުނިޔޭގައި އުޅެވޭ މީހަކަށްވުމެވެ.