ލޯބި ހުށަހަޅާ ހިތްތައް ކައިލެވޭ ކަރައެއް އެންމެ 432،000 ރުފިޔާއަށްް- ތޮއްޑޫ ދަނޑުވެރިންް ތައްޔާރުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ލޯބި ހުށަހަޅާ ހިތްތައް ކައިލެވޭ ކަރައެއް އެންމެ 432،000  ރުފިޔާއަށްް- ތޮއްޑޫ ދަނޑުވެރިންް ތައްޔާރުތަ؟
ޖަޕާނުގެ ބައެއް ދަނޑުތަކުން އާދައާއި ޚިލާފް ބައެއް އުފެއްދުންތައް އުފައްދައެވެެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބާވަތަކީ ތަފާތު ބައްޓަމަށް އުފައްދާ ކަރައެވެ.

ހިތެއްގެ ބައްޓަމަށާއި ހަތަރެސްކަަނަށް އަދި ތިން ކަނަށް ފަދަ ބައްޓަންތަކަށް އެދަނޑުން އުފައްދާ ކަރައެއްގެ އަގަކީ ހަމަ އެންމެ 27،000 ޑޮލަރެވެ. ދިވެހި ރުފިޔާއިން ބަަލއިފިނަމަ އެއީ ގާތްގަނޑަކަށް 432،000 ރުފިޔާއެވެ.

މިއީ ތޮއްޑޫ އާއި އެނޫންވެސް ކަރާ ހައްދާ ރަށްރަށުގެ ދަނޑުވެރިން ކޮށްލަން ރަނގަޅު ތަޖުރިބާއެކެެވެ. ހިތެއްގެ ސިފައިގައި ނުވަތަ ހިތުގެ ބައްޓަމަށް ކަރާ އުފެއްދިއްޖެނަމަ ޢާންމުކޮށް ވިއްކާ އަގުގެ އެތައް ގުނައެއް ބޮޑުކޮށް ރަނުގެ އަގުގައި ވިއްކުމުގެ ފުރުޞަތު އެބައޮތެވެ.

ދިވެހިން ދަނޑުވެރިކަން ކުރަނީ އަމިއްލަ އީޖާދުތައް ކޮށްގެންނެވެ. އެހެންކަމުން މިފަދަ އުފެއްދުންތައް އުފެއްދުމަކީ ދިވެހި ދަނޑުވެރިންނަށްވެސް ކުރެވިދާނެ ކަމެކެވެ. ދިވެހި ދަނޑުވެރިންނަކީ ހުނަރުވެރި ބައެކެވެ. އޮތީ ހުނަރު ތަޖުރިބާ ކޮށްލުމެވެ.

މިފަދަ ކަރާ އުފެއްދިއްޖެ ނަމަ ޖަޕާނަށް އެކްސްޕޯޓްކޮށްގެން ރަނގަޅު އަގުތައް ހޯދޭނެއެވެ. ފްލައިޓުގައި ފޮނުވައިލުމަކީ މިހާރު ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ.

ޖަޕާނުގެ ބައެއް ދަނޑުތަކުގައި ޕިންޕޮން ބޯޅަ އާއި އެއްސައިޒުގެ މޭބިސްކަދުރު ވެސް އުފައްދައެވެ. ބިޔަ ސްޓޯބަރީވެސް އުފައްދައެވެ.

މިފަދަ ދަނޑުތަކުގައި އުފެއްދޭ އަދަދު މަދެވެ. ނަމަވެސް ލިބޭ އަގު އެތައް ގުނައެއް ބޮޑެވެ. އެހެންކަމުން މިފަދަ ތަފާތު ބާވަތްތައް އުފައްދާ ދަނޑުތަކުން ދަނީ ބޮޑެތި ފައިދާތައް ނަގަމުންނެވެ.

މިއަދު އޮންލައިން