ބައިވެރިޔާ ބޭވަފާތެރިވެއްޖެނަމަ އެކަމާއި "ކޫލް"ކޮށް ކުރިމަތިލާ! މާބޮލަށް ފަސޭހަވާނެ!

ކިޔުމަށް ހޭދަވާނީ 1މ 29ސ
ބައިވެރިޔާ ބޭވަފާތެރިވެއްޖެނަމަ އެކަމާއި "ކޫލް"ކޮށް ކުރިމަތިލާ! މާބޮލަށް ފަސޭހަވާނެ!
އެކަކު އަނެކަކަަށް ބޭވަފާތެރި ވުމަކީ ޒަމާނުއްސުރެ އުފެދިގެން އައިސްފައިވާ ނޭދެވޭ އާދައެކެވެ.

ވަރަށް ލޯބިން އެކު އެކީގައި އުޅެމުން އައި ދެމީހުންވެސް، ބައިވެރިޔާއާއި އެކު ކިތަންމެ ލޯބިން އުޅުން ކަމުގައި ވިޔަސް، އަޖުމަ ބަލާލުމުގެ ގޮތުން ނުވަތަ މަޖަލަކަށް ނުވަތަ ބެޓަކަށް ވިޔަސް އެހެން ބައިވެރިއެއް ކައިރިއަށް ދާން ފަށައެވެ. މިކަމަކީ ހަމައެކަނި ވަކި ޖިންސެއްގެ މީހުން ކޮށްއުޅޭ ކަމެއް ނޫނެވެ. މިއީ ބައެއް އަންހެނުންނާއި ފިރިހެނުންވެސް އަރާހުރި ކަމެކެވެ.

ތިމާގެ ބައިވެރިޔާ ބޭވަފާތެރިވުމަކީ ހަމަޔަޤީނުންވެސް އެއްވެސް މީހަކަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. ކިތަންމެ ވަރަކަށް އެކަން ހަނދާން ނައްތާލަން އުޅުން ކަމުގައިވިޔަސް، އަބަދުމެ އެކަމާއި ވިސްނާ، ފިކުރުކޮށް އަދި ހިތާމަ ކުރެވެއެވެ. އެވޭނުން ސަލާމަތްވާން ކޮންމެ މީހަކުވެސް ބޭނުން ވާނެއެވެ.

ބައިވެރިޔާ ބޭވަފާތެރިވެއްޖެކަން އެނގުމުން، އެންމެ ފުރަތަމަ ކުރަން ބޭނުންވާ ކަމަކީ އެކަން ފަޅާއަރުވާލުމެވެ. އެގޮތުން އޭނާއާއި ދިމާލަށް ހަޅޭފަޅޭ ޖަހާ، އަނިޔާކޮށް، އޭނާގެ "ވަގު" ބިޓާއި ދިމާލަށް ވެސް އެއްޗެހި ގޮވެއެވެ. ނަމަވެސް މިގޮތަށް ކަންތައް ކުރުމުން ހާސިލްވަނީ ކޮން ކަމެއްހެއްޔެވެ؟ މިފަދައިން ކަންތައް ކުރުމުން ލިބޭ ވޭން މާބޮޑެވެ.

ދިރާސާތައް ދައްކާ ގޮތުގައި، ބައިވެރިޔާ ބޭވަފާތެރިވުމުން، އެކަމާ ރުޅިއައިސްގެން އަތުން ފައިން ގޯސް ހެދުމަށްވުރެ، ތަންކޮޅެއް "ކޫލް" ކޮަށް އެކަމާއި ކުރިމަތިލުންމާ ބުއްދިވެރިވެއެވެ. އަދި މިއީ ތިމާގެ ސިކުނޑިއަށްވެސް ވަރަށް ލުއިކޮށްދޭ ކަމެކެވެ.

އޭނާ ބޭވަފާތެރި ވެއްޖެކަން އެނގިއްޖެނަމަ، ހަމަޖެހިލައިގެން އޭނަ ކައިރިއަށް ގޮސް އެކަން ކުރިންވެސް އިނގޭކަން އަންގާ، އޭނާއާއި ގުޅުން ކެނޑުނަސް މާބޮޑު އަސަރުތަކެއް ކުރާކަން އޭނައަށް ނާންގާށެވެ. އޭނާ ކުރި ކަންތައް އެހެން މީހަކާއި ގުޅިގެން މަޖާގޮތަކަށް ފަޅާވެސް އަރުވާލާށެވެ. އޭރުން އެކަން ހިތައް އަރުވާލާފައިވެސް ފަހުން ހިނި އަންނާނެއެވެ.



މިއަދު އޮންލައިން