ރާއްޖެ- މިއަރާ އެންމެ ރައްޓެހި ޤައުމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ރާއްޖެ- މިއަރާ އެންމެ ރައްޓެހި ޤައުމު!
ދިވެހިރައްޖެއަކީ މިއަރާއި އެންމެ ރައްޓެހި ޤައުމެވެ. މިއަރު އޮޅުކޮށްގެން ގެންގުޅޭ ޤައުމެކެވެ. ބޭނުން އިރަކު ގޮސް މިއަރަށް ކާންދޭ ޤައުމެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މުޅި ތާރީޚަށް ބެލި ނަމަވެސް މިއަރެއް ހަމަލާދީގެން ފަތުރުވެރިއަކަށް އެއްވެސް އަނިޔާއެއް ލިބުނުކަން އެނގޭކަށް ނެތެވެ.

ރާއްޖޭގެ ބައެއް "ޑައިވް ސްޕޮޓް" ތަކަކީ މިއަރު އޮޅުކޮށްގެން ގުޅޭ ތަންތަނެވެ. ކޮންމެ ދުވަހަކު ޑައިވަރުން އެ ސަރަހައްދުތަކަށް ގޮސް މިއަރަށް ކާންދެއެވެ. އަނގައިން އަނގައަށް ވެސް ކާންދެއެވެ.

ސަން އައިލަންޑް ރިޒޯޓަކީ ގިނަ އަދަދެއްގެ މިއަރު އޮޅުކޮށްގެން ގެންގުޅޭ ރިޒޯޓެކެވެ. ކޮންމެ ރެއަކު އެތައް ސަތޭކަ މިއަރެއް ކާން ގޮނޑުދޮށަށް އާދެއެވެ. ފަތުރުވެރިންނާއިއެކު ވަގުތު ހޭދަކުރެއެވެ. ކައި ނިމިގެން އެސޮރުމެންގެ ސަރަހައްދަށް އެނބުރި ދެއެވެ.

މިއީ ވެސް މާތްﷲ ދިވެހިރާއްޖެއަށް މިންވަރުކުރައްވަވާފައިވާ މަތިވެރި ނިއުމަތެކެވެ. އެހެން ޤައުމުތަކުން އަަބަދުވެސް ލިބެނީ މިއަރެއް ދަތް އަލައިގެން މީހަކަށް އަނިޔާވެގެން އުޅޭ ކަމުގެ ޚަބަރުތަކެވެ، މާތްﷲ ރާއްޖެ މިވަނީ އެކަމުން ސަލާމަތްކުރައްވަވައިފައެވެ.

މިއަދު އޮންލައިން