އިސްލާމްދީނުގައި ހަތަރު އަނބިން ހުއްދަވަނީ ވަކި އުސޫލެއްގެ މަތިން

ކިޔުމަށް ހޭދަވާނީ 1މ 27ސ
އިސްލާމްދީނުގައި ހަތަރު އަނބިން ހުއްދަވަނީ ވަކި އުސޫލެއްގެ މަތިން
އިސްލާމްދީނުގައި ހަތަރު އަނބިން ހުއްދަކަމަށް އޮތުމުން، ވަރަށް ގިނަ ބަޔަކަށް ވަނީ އެހުއްދަވާ ސަބަބާއި ހާލަތްތަށް އޮޅިފައެވެ.

މުސްލިމް ނޫން ބައެއް ފަރާތްތަކަށް ވެސް އާއްމުގޮތެއްގައި ހީވެފަައިވަނީ އިސްލާމް ދީނުގައި ހަތަރު އަނބިން ހުއްދަ ކޮށްފައިވަނީ މުސްލިމް ފިރިހެނުންނަށް އެއް އަންހެނަކުން ނުފުދޭތީ ކަމަށެވެ. މިސާލަކަށް ބޭރު ޤައުމަކަށް ގޮސް، ތިމާއަކީ މުސްލިމެކޭ އެމީހުން ގާތު ބުނެފިނަމަ އޭގެ ތެރެއިން ގިނަ މީހުން ދެން އެންމެ އަވަހަށް އަހާނެ ސުވާލަކީ ކިތައް އަނބިން ތިބޭތޯ އެވެ.

ހަތަރު އަނބިން ހުއްދަވާ ސަަބަބު އެމީހުންނަށް ނޭނގޭއިރު، ގިނަ ފަހަރަށް އެމީހުންނަށް ކިޔާދޭން އަހަރުމެންނަށް ވެސް ނޭނގެނީ އެވެ.

އިސްލާމްދީނުގައި ހަތަރު އަނބިން ހުއްދަ ކުރައްވާފައިވަނީ ފިރިހެނެއްގެ ހަޔާތަށް ގިނަ އަންހެނުންތަކެއް ގެނައުމަކަށް ނޫނެވެ. މިފަދައިން ދެކުމަކީވެސް ގޯހެކެވެ. އެކަން ހުއްދަ ކުރައްވާފައިވަނީ ހުވަފަތް އަންހެނަކަށް، ނުވަތަ އެކަނިވެރި މަޔަކަށް އެހީތެރިވެ ދިނުމުގެ ގޮތުން ފަދަ މާތް ސަބަބަކަށްޓަކައެވެ.

މީގެ އިިތުރުން، ހަތަރު އަނބިން ގެންގުޅުމާއި ބެހޭގޮތުން ކީރިތި ޤުރްޢާންގައި ކަނޑައެޅިގެން އަންގަވާފައިވާ އެއް ކަމަކީ، އެކަކަށް ވުރެ ގިނަ އަނބިން ގެންގުޅޭއިރު، އޭގެ ތެރެއިން އެކަކަށްވެސް ހަމަހަމައަށް ކަންތައް ނުކޯށްދެވޭނެ ކަމުގެ ބިރު ހީވާނަމަ، އެއް އަނތްބަށްވުރެ ގިނަ އަނބިން ނުގެންގުޅުމަށެވެ. އެއްވެސް ހާލެއްގައި ކޮންމެ ފިރިހެނެއް ގިނަ އަނބިން ގެންގުޅުމަށް ކީރިތި ޤުރްއާންގައި އަންގަވާފައެއް ނުވެއެވެ. އަދި ތިމާމީހާގެ ގައިގާ އެވަރުގެ ހިތްވަރެއް ނެތި މާއްދީ ހާލަތުވެސް ތަން ނުދޭއިރުވެސް ދެ އަނބިން، ތިން އަނބިން ނުވަތަ ހަތަރު އަނބިން ގެންގުޅެން އިސްލާމްދީނުގައި ހުއްދަ ކުރައްވާފައެއް ނުވެއެވެ.
މިއަދު އޮންލައިން