ފިހާރަތަކުގައި ހުންނަ ތަކެތި އެއީ މުއްދަތު ހަމަނުވާ ތަކެތިކަން ބަލަން ކުރިން ކުރަމުން އައިވަރަށް އެ މަސައްކަތްތައް މިހާރު ކުރެވޭ ތަނެއް ނުފެނެއެވެ. މުޅި މާލެއަށް އެންމެ އިންސްޕެކްޓަރެއް ހުރުމުން ކަމަށްވެސް ވެދާނެއެވެ.
ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާއި ދާދި އަވަހަށް ކުރިމަތިލަނީއެވެ. ފިހާރަތަކުގައި މިހާރު ހިރަފުސް އަރައި މަކުނުވާ ފުރާފައި ހުރި ކާބޯތަކެތި ވެސް ހަމަ ބާރަށް ވިކޭނެއެވެ. މަދު މީހަކު ނޫނީ މުއްދަތު ހަމަވާ ތާރީޚެއް ނުބަލައެވެ. އެއާދަ އަދި އެކަށީގެންވާ ވަރަކަށް ދިވެހިންގެ ތެރެއަކު ނެތެވެ. ހަމައެއާއިއެކު ބައެއް މީހުންނަކީ އިނގިރޭސި ވެސް ނުދަންނަ މީހުން ކަމަށްވުމުން ބަލަން ނުވެސް އެނގެއެވެ.
ބައެއް މީހުން މިހާރުވެސް ބުނަނީ ގޭގެ ފުރާޅުން ވާރޭ ވެހުނަސް ފުލުހުންނާއި ސިފައިންގެ އެހީތެރިކަމަށް އެދެންޖެހިފައިވާ ކަމަށެވެ. އަދި އެކަންކަން ރަނގަޅުކޮށްދިނުމަކީ ސަލާމަތީ ބާރުތަކުގެ މަސްއޫލިއްޔަތަކަށް ނުވި ނަމަވެސް އޯގާތެރިކަމާއިއެކު އެއްވެސް ޝަކުވާއެއް ނެތި ރަނގަޅުކޮށްދެމުން ގެންދާ ކަމަށެވެ.
ކަން މިހެން އޮތްއިރު ޚާއްޞަ ސްކީމެއްގެދަށުން ގޮތްތަކެއް ރާވައިގެން ނަމަވެސް ރަމަޟާން މަސް އައުމުގެ ކުރިން ފިހާރަތަކުގެ ހަރުގަނޑުތައް ޗެކްކޮށްލައި ދިނުމަކީ ކުރެވޭ ވަރަށް ހެޔޮކަމަކަށްވާނެއެވެ.
ސައުދިއަރަބިޔާގައި މިހާރު ވަނީ މި މަސައްކަތް ފަށައިފައެވެ. ކޮންމެ ދުވަހަކު އެތައް ބައަކު ނުކުމެ ފިހާރަތައް ޗެކްކުރަމުން އެބަ ގެންދެއެވެ. މުއްދަތު ހަމަވެފައިވާ ތަކެތި ހުރި ނަމަ ފިޔަވަޅު އަޅަމުން އެބަގެންދެއެވެ. "ރަމަޟާން އިންސްޕެކްޝަން ކެންޕޭން" ގެ ނަމުގައި ޚާއްޞަ ކެންޕޭނެއް ވަނީ ލޯންޗްކޮށްފައެވެ.
RIYADH: In preparation for the forthcoming holy month of Ramadan, the Ministry of
Commerce and Investment has launched an inspection campaign of retail outlets to
verify the availability of commodities and to prevent the sale of counterfeit goods.
Inspectors will ensure that all displayed goods have price tags and are sold before
their expiry date. Price tags should conform with receipts issued by the national cash
register in shops. Inspectors will also ensure that sales promotions are genuine and
will not cheat customers.
Legal action will be taken against any violations, a ministry official said.