ގޭގެ ރަޖިސްޓްރީ އާއި އެގްރިމަންޓް ހިފައިގެން 2 ކިލޯ ކަދުރު ހޯދަން ދާން ބޭނުން ނުވާކަމަށް ގިނަ ބައަކު ބުނަމުން އެބަގެންދެއެވެ.
މިއަދުނޫހަށް މައުލޫމާތުދިން ބައެއް މީހުން ބުނީ ރަމަޟާން މަހުގެ ދުވަސްތަކުގައި ކުރާނެ ގިނަ ކަންތައްތަކެއް ހުންނަ ކަމަށާއި 50 ރުފިޔާއަށް ލިބޭ 2 ކިލޯ ކަދުރު ހޯދަން ގޮސް ކިޔޫގައި ޖެހިގެން ތިބުމަށްވުރެ ކުރަން މުހިންމު ކަންކަން އެބަހުރި ކަމަށެވެ.
ރަމަޟާން މަސް ފެށުމުގެ ކުރިން ލިބޭނެ ގޮތް ހެދިނަމަ ތަންކޮޅެއް ފަސޭހަވާނެ ކަމަށް ވެސް ގިނަ ބައަކު ބުނެއެވެ.
މިއަހަރުވެސް ބަހަން ސަރުކާރަށް ލިބުނީ 52 ޓަނު ކަދުރެވެ. އެއީ ސައުދިއަރަބިޔާގެ ރަސްގެފާނު ދެއްވި 50 ޓަނު ކަދުރާއި އެމިރޭޓްސްގެ ރެޑް ކްރެސެންޓުން ދިން 2 ޓަނު ކަދުރެވެ.