މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލު މިކުރީ ގަދަ ވިއްސާރައާއި އެކުގައެވެ. ކޮންމެ ދުވަހަކުވެސް ބޯކޮށް ވެހެމުން އައި ވާރެއާއިއެކުގައެވެ.
މިފަދަ ވަގުތެއްގައި މަދިރިން ސަމާލުވުމަށް ކުރެވެން ހުރި ހުރިހާ މަސައކަތްތަކެއް ކުރަންޖެހެއެވެ. ޑެންގޫ ފަދަ ބައްޔެއް ފެތުރިދާނެކަމުގެ ބިރު އޮތުމުންނެވެ.
އެއްވެސް ބާވަތެއްގެ ރޯގާއެއް ރަމަޟާންމަހު ފެތުރިއްޖެނަމަ އުފުލަންޖެހޭނެ ތަކުލީފްތައް އެހެން މަސްތަކަށްވުރެ ބޮޑުވާނެއެވެ. ޢާންމު ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ.
ކޮންމެ މީހަކުވެސް އެމީހެއްގެ ބެލުމުގެދަށުގައި ހުރި ތަންތަން ބަލައި ފެން އުފެދިފައިވާނަމަ ފެން ހުސްކުރުމަށް ސަމާލުކަން ދީފިނަމަ މިފަދަ ކަންކަމުން ސަލާމަތްވުމުގެ ފުރުޞަތު ބޮޑުވާނެއެވެ. ޚާއްޞަކޮށ އިމަރާތްކުރަމުންދާ ސައިޓުތަކުން މިކަމަށް ސަމާލުކަން އިތުރުކުރަންޖެހެއެވެ.