ރޯދަވެރިންނަށް އޭޑީކޭގެ ސިއްޙީ ހަދިޔާ 2:

ކިޔުމަށް ހޭދަވާނީ 1މ 12ސ
ރޯދަވެރިންނަށް އޭޑީކޭގެ ސިއްޙީ ހަދިޔާ 2:
ރޯދަވެރިންނަށް އޭޑީކޭ ހޮސްޕިޓަލުން ގެނެސްދޭ ސިއްޙީ ހަދިޔާގެ ތެރެއިން އިތުރު ހަދިޔާއެއް ޢާންމުކޮށްފިއެވެ.

އެގޮތުން މިފަހަރު ޢާންމުކުރީ ގެސްޓްރައިޓްސް ހުންނަ މީހުން ރޯދަވީއްލާ ގަޑީގައި ހަނދާން ބަހައްޓަންވީ ބައެއް ކަންކަމެވެ.
ރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލުން ބުނީ ގެސްޓްރައިޓްސް ނުވަތަ ބަނޑުގައި ގޭސް އުފެދުމާއި މެއިން ދިލަ ނެގުން މިއީ ރަމަޟާން މަހު ވަރަށް ގިނައިން ދިމާވާ ކަމެއް ކަމަށެވެ. އަދި މިހެން ދިމާވަނީ ކެއުމުގެ އާދަތައް ގެންގުޅޭ ގޮތުން ކަމަށްވުން އެކަށީގެންވާ ކަމަށެވެ.

އެހެންވެ ގެސްޓްރައިޓްސްގެ އަސަރު ކުޑަކުރުމަށް ރޯދަވީއްލާ ގަޑީގައި ހަކަތަ އާއި ފެން ލިބޭ ކާނާ ބޭނުންކުރުން އާދަކުރުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ކަދުރާއި މޭވާ ބޭނުން ކުރުން ގިނަ ކުރުމަށްވެސް ވަނީ އެދިފައެވެ. ނަމަވެސް ތާޒާ މޭވާގެ ފަނި ބުއިން އެންމެ ރަނގަޅީ ހަކުރު ނާޅާ ކަމަށާއި ކުއްލިއަކަށް ކެއުމުގެ ބަދަލުގައި ކެއުން އެންމެ ރަނގަޅީ ރޯދަވީއްލުމަށްފަހު، ކުޑަވަގުތުކޮޅެއް ފަހުން ކަމަށްވެސް ވަނީ ބުނެފައެވެ.

ހަމަމިއާއެކު ގިނައިން ތެޔޮ ހުންނަ ހަވާދުލީ، ކުޅިގަދަ ކާނާ ބޭނުން ކުރުން ރަނގަޅު ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ "ރޯދަމަހާއި ރޯއްޖާ" މި ސިލްސިލާގެ ދަށުން މިފަދަ ސިއްޙީ މަޢުލޫމާތު ކޮންމެ ހަފުތާއަކު ދެފަހަރު ޢާންމުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.


މިއަދު އޮންލައިން