އެސްޓީއޯ ރެޑިސަން ހޮޓާ ހުޅުވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
އެސްޓީއޯ ރެޑިސަން ހޮޓާ ހުޅުވަނީ

އެސްޓީއޯ އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ރެޑިސަން ހޮޓާ ކުރިއަށް އޮތް އަހަރެއްހައި ދުވަސްތެރޭގައި ހުޅުވައި ހިންގަން ފަށާނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަހީރު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ ޢާންމު ޖަލްސާގައި ޝަހީރު ވިދާޅުވީ ހޮޓާ ވިއްކާލަން ނިންމައި އެކަމަށް މަސައްކަތްތަކެއް ކުރެވުނު ނަމަވެސް މިހާރު ނިންމާފައިވަނީ ހޮޓާ ހުޅުވައި ހިންގަން ކަމަށެވެ. އަދި ހޮޓާ ހިންގާނީ ޖޮއިންޓް ވެންޗަރ އުޞުލުން ކަމަށެވެ.
ހުޅުމާލޭގައި އެސްޓީއޯ އިން ތަރައްޤީކޮށްފައިވާ ހޮޓާ ނުހުޅުވައި ލަސްކުރަމުން އައީ އެކަމުގައި އަމަލުކުރާނެ ގޮތެއް ނިންމުމުގައި ލަސްޔަކެއް ކުރިމަތިވެގެންނެވެ.
ހޮޓަލުގެ މައިގަނޑު މަސައްކަތްތައް މިހާރުވެސް ވަނީ ނިމިފައެވެ. ކުރަން މިހާރު ހުރީ ނިންމާލ؛ުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތަކެވެ. ހޮޓާ ހުޅުވައި ހިންގަން ފެށުމުން އެސްޓީއޯއަށް ބޭރު ފައިސާ ލިބުމުގައިވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
މިއަދު އޮންލައިން