މިކުޑަ ކުއްޖާ ރޭޭޕްކޮށް، ގަޔަށް އެސިޑް ޖަހާ މަރާލީ ކޮންކުށެއް އޮވެގެން؟

ކިޔުމަށް ހޭދަވާނީ 1މ 36ސ
މިކުޑަ ކުއްޖާ ރޭޭޕްކޮށް، ގަޔަށް އެސިޑް ޖަހާ މަރާލީ ކޮންކުށެއް އޮވެގެން؟
ބިހާރްގެ މަދުބާނީ ގައި އުމުރުން 12 އަހަރުގެ ނޭންސީ ޖާ ރަޙުމުކުޑަ ގޮތަކަށް މަރާލާފައި އޮތީ، އެކުޑަ ކުއްޖާ ރޭޕްކޮށް ގަޔަށް އެސިޑްވެސް ޖަހާފައެވެ.

ނޭންސީ ޖާ ގެ މަރު އެހާމެ ބިރުވެރިވެފައި އިންސާނިއްޔަތާއި މުޅިން ޚިލާފެވެ. މިއީ އިންސާނީ ނަސްލު ލަދުވެތި ވާންޖެހޭފަދަ ރަޙުމުކުޑަ ޢަމަލެކެވެ. މަދޫބާނީ އަވަށުގައި، 12 އަހަރުގެ ނޭންސީ ޖާ މަރާލިއިރު، އެކުޑަ ކުއްޖާއަށް އަޅާނެ ވޭން ހިތައްވެސް ނުގެނެވޭހާ އަސަރުގަދައެވެ.

ނޭންސީ ޖާ ގެއްލިގެން އިންޑިއާގެ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ނިމިގެންދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. ރިޕޯޓު ކުރުމާއިއެކު ފުލުހުން އެމައްސަލައިގެ ތަޙުޤީޤުތައް ފެށި ކަމަށާއި، ތަޙުޤީޤުގެ ތެރެއިން ނޭންސީ ޖާ ގެ ސްކޫލް ޕްރިންސިޕަލްއާއި ވެސް ސުވާލު ކުރިކަމަށް ފުލުހުންނަށް ހަވާލާދީ އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓު ތަކުގައިވެއެވެ.

ގެއްލިގެން ރިޕޯޓުކުރިތާ ދެ ދުވަސް ފަހުން، މެއި 27 ގައި، ނޭންސީ ވަނީ ފެނިފައެވެ. ނަމަވެސް ފެނުނީ ދިރިހުއްޓާއެއް ނޫނެވެ. ނޭންސީ ޖާ ގެ މުޅި ހަށިގަނޑަށް ވަނީ އެސިޑް ޖަހާ ސިފަ ގެއްލުވާލާފައެވެ. އެކުޑަ ކުއްޖާގެ ކުނިވަމުން އައި ހަށިގަނޑު ފެނިފައިވަނީ އޭނާގެ ގެއާއި އެއް ކިލޯމީޓަރު ދުރުގައި އޮތް ހަނަފަސް ދަނޑެއްގެ ތެރެއިންނެވެ.

ނޭންސީ ޖާ އާއި މެދު މިފަދަ ލާއިންސާނީ ޢަމަލެއް ހިންގި އެންމެން އަދި އިންޑިއާ ފުލުހުންނަށް ހޯދިފައި ނުވިކަމުގައި ވިޔަސް، މިމައްސަލައާއި ގުޅިގެން ލާލޫ ޖާ އާއި ޕަވަން ޖާ ނަމަކަށް ކިޔާ ދެމީހަކު، މިދިޔަ އަންގާރަ ދުވަހު ފުލުހުންވަނީ ހައްޔަރު ކޮށްފައެވެ.

މަދޫބާނީގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ، ނޭންސީ ޖާ ގެ މަރާއި ގުޅިގެން ކަމާއި ބެހޭ ފަރާތްތަކާއި ދެކޮޅަށް އަޑު އުފުލާފައެވެ. އެމީހުން ބުނެފައިވަނީ، ކަމާއި ބެހޭ ފަރާތްތަކުން އެމައްސަލަ ބަލަންވީ ވަރަށް ބެލިނަމަ މިއަދު ނޭންސީ ޖާ ދުނިޔޭގައި ހުންނާނެ ކަމަށެވެ.
މިއަދު އޮންލައިން