މަޑުއްވަރީ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރ ވަޒީފާއިން ވަކިކޮށްފި

ކިޔުމަށް ހޭދަވާނީ 55ސ
މަޑުއްވަރީ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރ ވަޒީފާއިން ވަކިކޮށްފި
ރ. މަޑުއްވަރީ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރ ރ. މަޑުއްވަރީ ފެހިފަރުދާ، ޢީސާ ޙުސައިން ފުޅު ވަޒީފާއިން ވަކިކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޭނާ އެ ވަޒީފާއިން ވަކިކުރީ އެރަށު ހިޔާވަހިގޭ މެއި މަހުގެ ކަރަންޓު ބިލަށް 44382.55 ރުފިޔާ އަރާފައިވާގޮތަށް ރަނަގަޅު ނޫން ބިލެއް ތައްޔާރުކޮށް ފޮނުވި މައްސަލައާއި ގުޅިގެން ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނީ އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ފަރުވާކުޑަކޮށް އިހުމާލުވެފައިވާތީ އާއި އޭނާ ވަޒީފާގައި އިތުރަށް ބަހައްޓާއިގެން ކުންފުނީގެ ނަން ކިލަނބުވެ، ކުންފުންޏަށް އިތުރަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެންނާތީ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ "ފެނަކަ ބޮޑުބިލު" ގެ މައްސަލައިގެ ތަޙުޤީޤު މިހާރު ނިމިފައިވާ ކަމަށާއި ޢާންމުކޮށް 6 ރުފިޔާ ނުވަތަ 7 ރުފިޔާ ކަރަންޓު ބިލަށް އަރާ ގެއަކަށް މިހާބޮޑު ޢަދަދެއް އަރާފައިމިވަނީ ޢީސާ ޙުސައިން ފުޅު ބިލުގެ ރީޑިންގ އެންޓަރކުރުމާއި ބިލް ޕްރޮސެސް ކުރުމުގައި ކުންފުނިން ކަނޑައަޅާފައިވާ މިންގަނޑާއި އުޞޫލުގެ ބޭރުން ބިލު ޕްރިންޓުކޮށް ފޮނުވާފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
މިއަދު އޮންލައިން