ކުނިއުކުމޭ މަގު ބެލެހެއްޓުމޭ ކިޔައިގެން ބަޔާންތައް ނެރެ ރައިސުލްޖުމްހޫރިއްޔާއަށް ކަންކަން އޮޅުވައިލަން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ޒިންމާދާރު ކަމާއިއެކު އެކަންކަން ބަލަހަޢްޓާ ހަމަ އެއްވެސް މުއައްސަސާއެއް ނެތުމުންނެވެ.
ޚަބަރުގައިވާ ފޮޓޯއިން ތިއަ ފެނިވަޑައިގަންނަވަނީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ހައުސިންގ މިނިސްޓްރީ އާއި އެންމެ 500 ވަރަކަށް ފޫޓު ދުރެވެ. ހަނދުވަރީ ހިނގުމެވެ. އެމްއެންއެސްއެލް ނިޔުޕްލާޒާ ކުރިމައްޗެވެ. އެފްލެޓްތަކުގައި ގިނަ އަދަދެއްގެ ފުލުހުންވެސް ދިރިއުޅެއެވެ.
ފުލުހުންނާއި އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ހައުސިންގ މިނިސްޓްރީގެ މުވައްޒިފުން އެންމެ ގިނައިން ދުއްވާ މަގެވެ.
މި ގޯޅި މި ގޮތަަށް ކުނިވެފައި އޮންނަތާ މިހާރު މަސްދުވަހަށްވުރެ ގިނަވީއެވެ. ފުރަތަމަ މަގަށް ނުކުތީ ގައު ާގޯނިތަކެކެވެ. މަގުގެ ދެފަރާތް ފުރާލީއެވެ. ދެން މަޑުމަޑުން ތަފާތު ކުނި ޖަމާވަމުން ގޮސް މިހާރު އެތަނުގައި ނެތްކުންޏެއް ނެތެވެ. މަސްދުވަސްވެގެން ދިއައީ ފެނުނު ހަމައެކަކު ނެތެވެ. ނުވަތަ އެގޯނިތަކާއި ކުނިތައް ބަހައްޓާފައި އެހެރީ ދައުލަތުގެ ބާރު ނުހިނގާ ފަރާތަކުންނެވެ.
ކަންކަން މިފަދައިން ފެންނަން ހުންނައިރުވެސް ރައީސުލްޖުމްހޫރިއްޔާއަށް މިއޮންނަނީ ކަންކަން އޮޅުވާލައިފައެވެ. މަގުތައް މާމޮޅަށް ބަލަހައްޓާ ވާހަކަ އާއި ކުނީގެ މައްސަލަތައް ހައްލުކުރާ ކަމަށް ދަންނަވައިގެންނެވެ. ހަމަ ރޯބުނުތާން ދޮގެވެ.
މިގޯޅީގައި ދިރިއުޅޭ މީހުންގެ ހައްޤުތައް ކޮބައިތޯއެވެ! ސައިކަލް ޕާކުކުރުމުގެ ހައްޤުތައް ކޮބައިތޯއެވެ!
އަވަށު އޮފީސްތައް އުވައިލިފަހުން މިފަދަ ކަންކަން ބަލަހައްޓާ ހަމަ އެއްވެސް އިދާރާއެއް ނެތެވެ. އިމާރާތާއި މުވައްޒިފުން ނެތް ވާހަކައެއް ނޫނެވެ. އެކަންކަން އެއްވެސް ބައަކު ނުބަލަހައްޓާ ވާހަކައެވެ. ކުނި ނަގުވާނެ ބައަކު ނުއުޅޭވާވަކައެވެ.