އިންފުލުއެންޒާ ވެކްސިން ޖެހުމަށް އަހައްމިއްޔަތުކަން ދިނުމަށް އެޗްޕީއޭ އިން އެދިވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 57ސ
އިންފުލުއެންޒާ ވެކްސިން ޖެހުމަށް އަހައްމިއްޔަތުކަން ދިނުމަށް އެޗްޕީއޭ އިން އެދިވަޑައިގެންފި
އިންފުލުއެންޒާ ވެކްސިން ޖެހުމަށް އަހައްމިއްޔަތުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ) އެޗްޕީއޭ އިން އެދިވަޑައިގެންފިއެވެ.

އެ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރަކީ ވަރަށްގިނަ ބަޔަކު ޢުމްރާގޮސް، އެނބުރި އަންނަ ދުވަސްވަރަކަށް ވުމާއެކު، އަރިދަފުސް ރޯގާ އާއި ވައިރަލް ހުމާއި އިންފުލުއެންޒާ ފަދަ ބަލިތައް އިތުރުން އެކަށީގެންވާ ކަމަށެވެ.

އިންފުލިއެންޒާ ބަލިން ރައްކާތެރިވުމަށް ވެކްސިން ވަނީ ޢާންމުކޮށް އެންމެނަށް ލިބޭނޭ އިންތިޒާމް ހަމަޖައްސާފައި ކަމަށާއި އަރިދަފުސް ރޯގާފަދަ ބަލިތަކަކީ އަބަދުވެސް އުޅެމުންދާ މޫސުމީ ރޯގާތައް ކަމަށްވާތީ، ރައްކާތެރިވުމުގެ ގޮތުން އިންފުލުއެންޒާ ވެކްސިން ޖެހުމަށް އިރުޝާދުދޭ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އިންފުލުއެންޒާ ވެކްސިން ސަރުކާރުގެ ޚިދުމަތްދޭ ހުރިހާ ހޮސްޕިޓަލަކުންނާއި ހެލްތު ސެންޓަރތަކުންނާއި މާލޭގެ ބައެއް ފާރމަސީތަކުން ލިބެން ހުންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.


މިއަދު އޮންލައިން