ޢާއިލީ އިޙްޔާ ފޯރަމުން ޢާއިލީ މައްސަލަތަކުގަ ވަކާލާތުކުރާ ބޮޑުން ނުފެނުމުން ގިނަ ބައަކު ކަންބޮޑުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ޢާއިލީ އިޙްޔާ ފޯރަމުން ޢާއިލީ މައްސަލަތަކުގަ ވަކާލާތުކުރާ ބޮޑުން ނުފެނުމުން ގިނަ ބައަކު ކަންބޮޑުވޭ!
ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިހްޔާ ފޯރަމްތަކުގެތެރޭގައި ހިމަނައިގެން މިރޭ ކުރިއަށް ގެންދިއަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޢާއިލީ މައްސަލަތަކުގެ މައްޗަށެވެ.

މުޖުތަމައުގައި މިހާރު ހުރި ބޮޑެތި ގިނަ މައްސަލަތަކަށް ދެއްވެވި މިދަރުސް އަޑުއެހުމަށް ގިނަ އަދަދެއްގެ ޢާންމުރައްޔިތުން ދިއައެވެ. ނަމަވެސް ޢާއިލީ މައްސަލަތަކުގައި އަޑު އުފުލަމުން ގެންދާ ފަރާތްތަކާއި ޖެންޑަރ މިނިސްޓްރީގެ އިސްބޭފުޅުން ފޯރަމުން ނުފެނުން ވެގެން ދިއައީ ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރި ސަބަބަކަށެވެ.

މިރޭގެ ފޯރަމުގައި އިލްމުވެރިން އެންމެ ބޮޑަށް ފާހަގަ ކުރެއްވެވި އެއް ކަމަކީ އިސް ފަރާތްތަކުން ނަމޫނާ ދެއްކުމެވެ. އެހެންކަމަށްވާއިރު މިރޭ މިފެނުނީ ކޮން ނަމޫނާއެއްތޯ ބައެއް މީހުން ވަނީ ސުވާލުކޮށްފައެވެ.

"އިހްޔާ ފޯރަމަކީ ހަނދާންކޮށްދިނުމެއް، އިސްލާމް ދީނުގެ ވާހަކަތައް އަބަދުވެސް ދަނީ ދައްކަމުން. އެހެންވީމާ ދައްކާނެ އާ ވާހަކައެއް އޮނާނެކަމަކަށް ނުފެނޭ. އަލަށް އުފެދޭ މައްސަލައަކާ ގުޅިގެން ނޫނީ. އެހެންވީމާ ސަރުކާރުން ބައްވާ މިފަދަ ފޯރަމްތަކުން ބޮޑުން ނުފެނުމަކީ ކަންބޮޑުވާ ކަމެއް." ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.
މިއަދު އޮންލައިން