އިނގިރޭސި ޓެރަރިސްޓުން ކިތަންމެ ބޭނުންވި ނަމަވެސް ހުރިހާ މުސްލިމުންނެއް ނުމެރޭނެ- މޮޔަ ނުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އިނގިރޭސި ޓެރަރިސްޓުން ކިތަންމެ ބޭނުންވި ނަމަވެސް ހުރިހާ މުސްލިމުންނެއް ނުމެރޭނެ- މޮޔަ ނުވޭ!
ލަންޑަންގެ މިސްކިތް ކައިރިން ވޭނެއްގައި މުސްލިމުންނަށް ހަމަލާދިން ޓެރަރިސްޓް އެކަން ކުރުމުގެ ކުރިން އަޑުގަދަކޮށް ބުނި ކަމަށްވަނީ "އަހަރެން ހުރިހާ މުސްލިމުން މަރާނަން" ކަމަށެވެ. ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ.

ފުލުހުން ބުނާގޮތުން މިކަން ކުރި މީހާ މިހާރުވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އޭނާގެ ސިކުނޑީގެ ހާލަތު ގެންދަނީ ބަލަމުންނެވެ. އެހެންކަމުން އޭނާއަކީ ސިކުނޑީގައި މައްސަލައެއް ހުރި މީހަކަށް ހެދުމުގެ ފުރުޞަތު ބޮޑުކަމަށް ޤަބޫލުކުރެވެއެވެ.

މަންޒަރު ފެނުނު މީހުން ބުނީ އޭނާ ވޭން ދުއްވަމުން އައިސް މުސްލިމުން ރޭގަނޑުގެ ނަމާދު ނިމިގެން ނުކުތްވަގުތު މީހުންތަކުގެ ގައިގައި ޖެއްސީ ކަމަށެވެ.

އިނގިރޭސިވިލާތުގައި ދެވޭ މިފަދަ ހަމަލާތައް ދަނީ އިތުރުވަމުންނެވެ. މާރިޗް މަހުން ފެށިގެން މިހައިތަނަށް 4 ހަމަލާއެއް ވަނީ ދީފައެވެ.

މިކަމާއި ގުޅިގެން ބެލެވެނީ މިހަމަލާތަކުގެ ފަހަތުގައިވަނީ އެމެރިކާގެ ސީއައިއޭ އާއި އިޒްރޭލުގެ މޮސައިދު ކަމަށެވެ. ބޭނުމަކީ މުސްލިމުންނަށް މިނިވަންކަމާއިއެކު އިނގިރޭސިވިލާތުގައި ދިރިއުޅެން ހުރަސް އެޅުން ކަމަށެވެ.
މިއަދު އޮންލައިން