އައްޑޫސިޓީ ކައުންސިލުން އެދުނު ގޮތަށް ބަނދަރަށް ކަރަންޓު ދޭނަން: ޝަރީފް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
އައްޑޫސިޓީ ކައުންސިލުން އެދުނު ގޮތަށް ބަނދަރަށް ކަރަންޓު ދޭނަން: ޝަރީފް
އައްޑޫސިޓީ ހިތަދުއާއި މަރަދޫ ބަނދަރަށް ލަފާފުރާ މަސްވެރިންނަށް ބޭނުންވާ ފެން ފަސޭހައިން ފޯރުކޮށްދިނުމަށް އައްޑޫސިޓީ ކައުންސިލުންވަނީ އެރަށުގެ ދެ ބަނދަރުގައި ފެންއިސްކުރުތަކެއް ލައިފައެވެ.

ފެންނުދެވި ލަސްވަނީ ފެނަކައިން ޕަންޕްސްޓޭޝަން ތަކަށް ކަރަންޓު ނުދީގެން ކަމަށް އައްޑޫސިޓީ ކައުންސިލުންވަނީ ވިދާޅުވެފައެވެ. އަދި ކަރަންތު ފޯރުކޮށްދިނުމަށް ފެނަކައިގައި އެދިފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ފެންފޯރުކޮށް ދިނުމަށް އެ ދެ ބަނދަރަށް ބޭނުންވާ ކަރަންޓު ފަނަކައިން ދޭނެކަމަށެވެ. އެކަމަށް އެދި އައްޑޫސިޓީން ފެނަކައަށް ހުށަހަޅައިފައިވާ ގޮތަށް އެކަން ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތް ކުރުމަށް އަދި ދެ ހަފްތާވަރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫސިޓީ ކައުންސިލުންވަނީ ހިތަދޫ މައިބަނދަރަށް 8 ފެންއިސްކުރު އުތުރު ބަނދަރަށް 4 އިސްކުރު ލައިފައެވެ. މަރަދޫ ބަނދަރަށް ލައިފައިވާ އިސްކުރުތަކުގެ އަދަދު ޔާގީނެއްނުވެއެވެ. އެހެންނަމަވެސް އެ ބަނދަރަށްވެސް އެކަށީގެންވާ އަދަދަކަށް އިސްކުރުލާނެއެވެ. ސިޓީކައުންސިލުން ވިދާޅުވެފައިވަނީ ޑިމާންޑް އިތުރުވާ ވަރަކުން އިސްކުރުތައްވެސް އިތުރު ކުރެވޭނެ ކަމަށެވެ.
މިއަދު އޮންލައިން