އައްޑުއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ޖުލައިމަހު ހައްލުވާނެ: ފެނަކަ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
އައްޑުއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ޖުލައިމަހު ހައްލުވާނެ: ފެނަކަ
އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަންނަ ޖުލައިމަހު ފަހުކޮޅު ހައްލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެ މައްސަލަ ހައްލުވާނީ އައްޑުއަށް ފޮނުވައިފައިވާ ދެ މެގަވޯޓޮގެ ދެ އިންޖީނު އިންސްޓޯލް ކުރުމަށްފަހު އޭގެ ޚިދުމަތް ދީގެން ކަމަށް ފެނަކަކޯޕަރޭޝަންގެ، މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވިއެވެ.

އެ އިންޖީނު ބައްހައްޓައިދޭނީ ސަޕްލައި ކޮށްދިން ފަރާތުންނެވެ. އިންޖީންތައް އިންސްޓޯލް ކުރުމަށްޓަކައި ޖުލައި ދިހައެއްގައި ޗައިނާގެ ސަޕްލަޔަރު އައްޑުއަށްދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ސަޕްލަޔަރު އައްޑުއަށްދާއިރު އިންޖީން ބަހައްޓާނެ ޖާގަހަދައި އެމަސައްކަތްވަނީ ތައްޔާރު ކޮށްފައެވެ. ދެންއޮތީ ހަމައެކަނީ އިންސްޓޯލް ކުރުންކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިންޖީނުތައް ބަހައްޓައި ނިމުމުން ކުލައިމަހު ފަކޮޅު އައު އިންޖީންތައް ބޭނުން ކޮށްގެން ގޭގެއަށް ކަރަންޓު ދެވޭނެއެވެ. އެހިސާބުން އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިއަދު އޮންލައިން