ދިވެހިންނަކީ ކެތްތެރިބައެއްކަން އިއްޔެވެސް ފެނިގެން ދިޔަ....

ކިޔުމަށް ހޭދަވާނީ 1މ 45ސ
ދިވެހިންނަކީ ކެތްތެރިބައެއްކަން އިއްޔެވެސް ފެނިގެން ދިޔަ....
މިއަހަރުގެ ފިޠުރު ޢީދުގެ އުފާ ފާހަގަކުރަމުންދާ އިރު، ހުޅުމާލެއަށް މިވަނީ ބޮޑު ޢީދެއް އައިސްފައޭ ބުނުން އެއީ ދޮގަކަށް ނުވާނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރުގެ ފިޠުތު ޢީދު ނުވަތަ ކުޑަ ޢީދު ފާހަގަ ކުރަމުން އަންނަ އިރު، ހުޅުމާލެއަށް އިއްޔެވަނީ ގިނަ ޢަދަދެއްގެ ބަޔަކުގޮސްފައެވެ. އެންމެ ބޮޑު އެއްސަބަބުކަމަށް ބެލެވެނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ "ހޮޓް އެއަރ ބެލޫން ފެސްޓިވަލް" ބަލައިލުމެވެ.
ނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން އިއްޔެ ވަނީ އެ ފެސްޓިވަލް ކެންސަލްކޮށްފައިވާ އިރު، ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ބުނެފައިވަނީ މޫސުން ތަންދޭނަމަ މިއަދާއި މާދަމާ އެ ފެސްޓިވަލް އޮންނާނެ ކަމަށެވެ.

ފެސްޓިވަލް ބެލުމަށާއި ޢާއިލާއާއެކު ޢީދުގެ އުފާ ޙާޞިލު ކުރުމަށް ހުޅުމާލެއަށް ދާން ހުޅުމާލޭ ފެރީ ޓަރމިނަލްގައި ގިނަ ބަޔަކު ކިޔޫ ޖެހިގެން އެތައް އިރަކު ތިބި އިރު، އަނެއް ބަޔަކު ހުޅުމާލެއަށް ދިޔައީ ހުޅެލެ މަގުންނެވެ.
ނަމަވެސް ހުޅުލެއިން ހުޅުމާލެއަށް ދާން ބަސްހޯދުމުގައިވެސް ގިނަ ވަގުތުތަކަކު ކިޔޫ ޖެހިގެން ތިބެން ޖެހުނަސް އެއްވެސް މީހަކު އެކަމާ ޝަކުވާކޮށް، ނުރުހުން ފާޅުކޮށްފައި ނުވާ ކަމީ ދިވެހިންގެ ކެތްތެރިކަން އަންގައިދޭ ކަމެކެވެ. އަދި މިގޮތަށް ކިޔޫގައި ތިބި އިރު، ކޮންމެވެސް ވަރަކަށް ވާރޭގެ ތިކިތަކުން ތެމުނު ނަމަވެސް އެންމެންގެ މޫނުމަތިންވެސް ފެނިފައިވަނީ ހިނިތުންވުމެވެ.
ހޮޓް އެއަރ ބެލޫން ފެސްޓިވަލް ކެންސަލްވި ނަމަވެސް، ހުޅުމާލޭގައި ވަނީ ތަފާތު ކުޅިވަރުތައް ބާއްވާފައެވެ. އެގޮތުން ކުލަ ޖެހުމުގެ މުބާރާތަކާއި ތަފާތު އެކިކަހަލަ ކުޅިވަރުތައް ވަނީ ބާއްވާފައެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ ރޭ ބޭއްވި ސްޓޭޖު ޝޯވްއެވެ.

މި ސްޓޭޖު ޝޯވގައި ގިނަ ޒުވާނުންގެ ހުނަރުތައް ފެނިގެން ދިޔަ އިރު، ގިނަ ބަޔަކަށް އެންމެ ކަމުދިޔައީ "ހަބޭސް ބޮޑުބެރު" ގްރޫޕުގެ ހުށަހެޅުންތައް ކަމަށް ގިނަ ބަޔަކު ބުންޏެވެ.
ޒަމާނީ އަދި ޘަޤާފީ ކުލަވަރު ދައްކުވައިދޭގޮތަށް ހަބޭސްގެ ހުރި ހަބޭސްކަން ދައްކަމުންދިޔަ އިރު، އެކި ޢުމުރުފުރައިގެ މީހުންގެ ހިތްތައް ވަނީ "ހަބޭސް" ކޮށްލާފައެވެ.
މިއަދު އޮންލައިން