ފުވައްމުލަކުގައި ހުރި މަހާނަ ތަކެއްގެ ވާހަކަ

ކިޔުމަށް ހޭދަވާނީ 1މ 35ސ
ފުވައްމުލަކުގައި ހުރި މަހާނަ ތަކެއްގެ ވާހަކަ
ފުވައްމުލަކު ސިޓީ އަކީ ވަރަށް ވެސް ބޮޑު އަދި އެހާމެ ރީތި ރަށެކެވެ. ރުއްދަނޑުތަކާއި ތަފާތު އެކިއެކި "ކިޅި" ތައް ހިމެނޭ މިރަށަކީ، ވަރަށް ވެސް އަޖައިބު ކުރުވަނިވި ތަނެކެވެ. މަގުތައް އެހާމެ ސާފެވެ. ތުނޑި މައްޗަށް ޖަހާ ރާޅުތައް ވެސް އެހާމެ ހިތްގައިމެވެ.

މިފަދައިން ފެނުން ހައިރާން ކުރުވަނިވި މަންޒަރުތަކުގެ ތެރެއިން އެއް ކަމަކީ ފުވައްމުލަކު ގެ ވަލުތެރެއިންނާއި ޒިޔާރަތަކުން ފެނުނު މަހާނަ ތަކެކެވެ. މިމަހާނަތަކާއި ބެހޭ ގޮތުން ރަށުގެ ބައެއް ރައްޔިތުން ވާހަކަތަކެއް ކިޔާދިނެވެ.



ވަލުތެރެއިން ފެނުނު މަހާނައެކެވެ. އެމަހާނައާއި ބެހޭ ގޮތުން މަޢުލޫމާތު އޮޅުން ފިލުވާކުމުން އެނގުން ގޮތުގައި، އިހު ޒަމާނުގައި މަރުވާ މީހުން ވަޅުލާއިރު، މިސްކިތުފާރުން އެތެރޭގައި ވަޅުލާން ބޭނުންނަމަ މިސްކިތައް ރުކެއް ހަދިޔާ ކުރަން ޖެހެއެވެ. ރުކެއް ހަދިޔާ ކުރެވެން ނެތްނަމަ، ވަޅުލަނީ މިސްކިތު ފާރުން ބޭރުގައެވެ. މިކަމަކީ ރަށުގެ ބައެއް މީހުން ބަހުސްވެސް ކޮށްފައިވާ ކަމެކެވެ. އެއީ އެއްބަޔަކު ބުނާގޮތުގައި ރުކެއްގެ ބަދަލުގައި އެނޫން އަގުހުރި އެއްޗެއް ދިނުމުން ވެސް މިސްކިތު ފާރުން އެތެރޭގައި ވަޅުލެވެއެވެ. އަދި އެއީ ވަރަށް ކުރިން ކުރި ކަމެއް ކަމަށާއި އެއާދަކާދަ އެރަށުން ކެނޑުނުތާ މިހާރު 40 ވަރަކަށް އަހަރުވެދާނެއެވެ. ނަމަވެސް އަނެއް ބަޔަކު ބުނާގޮތުގައި އެގޮތަށް ކަންތައް ކުރުން ހުއްޓުނީ ވަރަށް ފަހުންނެވެ. އެއީ ގާތްގަނޑަކަށް 20 އަކަށް އަހަރު ކުރިންނެވެ.



ކަޅުބަދަނަ ރަސްގެފާނުގެ ދެދަރިކަލުންގެ ފުރާނަނެތް މަސްގަނޑު ފުވައްމުލަކަށް ލެއްގި ކަމަށްވެއެވެ. ރަސްގެފާނުގެ ދެދަރިކަލުންގެ ހަށިގަނޑު ވަޅުލާފައިވާ ޒިޔާރަތަށް ބަލިމީހަކު ގޮސް އެމަހާނަތައް ގާތު ބަލި ފަސޭހަ ކޮށްދޭން ބުނުމުން، ބަލިފަސޭހަވާ ކަމަށް އިހުޒަމާނުގައިވާހަކަ ފެތުރުނު ކަމަށް ވެއެވެ. ނުރައްކާތެރި ބައްޔެއް ޖެހުނު މީހަކު، އެމަހާނަތައް ކައިރިއަށް ގޮސް، އޭނާއަށް ވެފައި ހުރި ކަމެއްގެ ވާހަކަ ކިޔާދިނުމުން އެމީހާ އެއްކޮށް ރަނގަޅުވި ކަމަށްކިޔާއުޅެއެވެ. ފުވައްމުލަކުގައި މިފަދަ ވާހަކައެއް ފެތުރުނު ކަމުގައި ވިޔަސް މިއީ އެރަށުގެ މީހުން ޤަބޫލުކުރާ ވަހަކައެއް ނޫން ކަމަށް ވެސް އެރަށުގެ ރައްޔިތުން ވަނީ ބުނެފައެވެ.
މިއަދު އޮންލައިން