އަލިފާންނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރު އަންނަނީ ކުރަމުންނެވެ.
އަލިފާން ރޯވުމުގެ ސަބަބުން އަންދާފައިވަނީ މަކުނުދޫ ރިސޯޓުގެ ލޯންޗެއްގައެވެ.
މި ޙާދިޘާގައި ލޯންޗު އެއްކޮށް އަނދާ ހުލިވެފައިވާ އިރު، އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމެއް ނުވަތަ ނޫން ކަމެއްވެސް ނޭނގެއެވެ. ނަމަވެސް ބައެއް މީޑިއާއިން މަޢުލޫމާތު ފަތުރާފައިވާ ގޮތުގައި ދެމީހަކަށް ވަނީ އަނިޔާވެފައެވެ. އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް ފުލުހުންނާއި އެމްއެންޑީއެފް އިން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ގާތްގަޑަކަށް 15 ވަރަކަށް މީހުންނަށް ދަތުރު ކުރެވޭ ވަރުގެ މި ލޯންޗުގައި އަލިފާން ރޯވަން ދިމާވި ސަބަބު ތަޙުޤީޤު ކުރަމުން އަންނަ އިރު، ލޯންޗުގައި ރޯވެފައިވަނީ މާލޭ ތޮށިގަނޑު ކައިރީ އަޅާފައި އޮއްވާ ކަމަށް މަޢުލޫޟާތު ލިބެއެވެ.