މިއަދު މެންދުރު ހިނގި އަލިފާނުގެ ހާދިޘާގައި ލޯންޗުގައި އަލިފާންރޯވުމުގެ ސަބަބުން 4 ދިވެއްސަކަށް އަނިޔާވެއްޖެއެވެ.
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނީ އެ ހާދިޘާގައި ފިހިގެން 4 ދިވެއްސަކު ގެނެސްފައިވާ ކަމަށެވެ. އަދި އެމަރޖެންސީގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އެތަނުން އެކެއްގެ ހަށިގަނޑުގެ 10 އިންސައްތަ ފިހިފައިވާ ކަމަށާއި އަނެއް 3 މީހުންގެ ފިހިފައިވަނީ ވަރަށް ކުޑަކޮށް ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ. އަދި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ބުންޏެވެ.