އަދީބު ޖަލުގައި އޮންނަވަނިކޮށް ނަގާފައިވާކަމަށް ބުނާ ފޮޓޯގެ ޢާންމުވި ގޮތް ފުލުހުން ބަލަންފަށައިފި

ކިޔުމަށް ހޭދަވާނީ 50ސ
އަދީބު ޖަލުގައި އޮންނަވަނިކޮށް ނަގާފައިވާކަމަށް ބުނާ ފޮޓޯގެ ޢާންމުވި ގޮތް ފުލުހުން ބަލަންފަށައިފި
ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ދޫނިދޫގައި ހުންނަވާ ގޮޅީގެ ފޮޓޯއެއްކަމަށް ބުނާ ފޮޓޯއެއް ޢާންމުވި ގޮތް ފުލުހުން ބަލަންފަށައިފިއެވެ.

ފުލުހުން ބުނީ އަޙްމަދު އަދީބު ދޫނިދޫގައި ހުންނަވާ ގޮޅީގައި އަދީބު އޮންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ކަމަށްބުނާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
އެ ފޮޓޯއިން ފެންނަނީފުލުހުންގެ ގޮޅިއެއްގެ މަންޒަރު ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ އަދީބުކަމެއް ނުވަތަ ނޫންކަމެއް ނުބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދުމަޚުލޫފު އެފޮޓޯ ޓްވީޓް ކުރައްވަމުން ވިދާޅުވެފައިވަނީ އެއީ އަދީބު ދޫނިދޫ ގޮޅީގައި އުޅުއްވާ ހާލުކަމަށެވެ.

މި ފޮޓޯ ޢާންމުވެފައި މިވަނީ އަދީބުގެސިއްޙީ ޙާލަތާއިގުޅޭ ގޮތުން ޢާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވާދަނޑިވަޅެއްގައެވެ.

އަދީބަށް އިހުމާލުވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށްވެސް ވަނީ މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލައިގެ ތަޙުޤީޤު އަންނަނީ ކުރަމުންނެވެ.
މިއަދު އޮންލައިން